ސިހުރު ހަދާ މީހެއް ކަމަށް ބުނެ އަންހެނެއްގެ ބޯ އިންޑީއާގައި ބުރިކޮށްލައިފި!

އިންޑިޔާގެ އިރުމަތީ އަވަށެއް ކަމުގައިވާ އައްސަމްގައި ސިހުރު ހަދާ މީހެއް ކަމަށް ބުނެ އަންހެނެއްގެ ބޯ ބުރިކޮށްލަފިއެވެ. ހަބަރު ތަކުން މައުލޫމާތު ދޭ ގޮތުގައި 63 އަހަރުގެ ޕޮނީ އޮރަންގް މަރާލުމުގައި 200 އަ...

23 Jul 2015 | 05:45

އިންޑިޔާގެ އިރުމަތީ އަވަށެއް ކަމުގައިވާ އައްސަމްގައި ސިހުރު ހަދާ މީހެއް ކަމަށް ބުނެ އަންހެނެއްގެ ބޯ ބުރިކޮށްލަފިއެވެ.

ހަބަރު ތަކުން މައުލޫމާތު ދޭ ގޮތުގައި 63 އަހަރުގެ ޕޮނީ އޮރަންގް މަރާލުމުގައި 200 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ. މިކަމާ ގުޅިގެން މިހާރު ވަނީ  7 މީހުން ހައްޔަރުކޮށްފައި ކަމަށްވެސް ހަބަރުތަކުން ބުނެއެވެ.

މި އަންހެންމީހާ މަރާލައިފައި ވަނީ ކަލާންގެއެއް ކަމަށް ދައުވާ ކުރާ އަންހެނެއް، ޕޮނީ އޮރަންގް އަކީ ސިހުރު ހަދާ މީހެއްކަމަށް ކަމަށާ އޭނަ އާ ހެދި އެސަހަރަށް ބަދު ނަސީބު ލިބޭނެކަމަށް ބުނުމުންނެވެ. އޭނާ މަރާލައިފައިވަނީ ގިނަ ބަޔަކު އޭނާގެ ގެއަށް ވަދެ، އޭނާ ދަމާ ގެންގޮސް ކޯރެއްގެ އައްސޭރީގައެވެ.

ސިހުރު ހަދާ މީހުން މެރުމަކީ އިންޑިޔާގައި އާންމު ކަމެކެވެ. އައްސަމްގައި އެކަނިވެސް ހަ އަހަރު ތެރޭގައި މިގޮތަށް 100 އަށްވުރެ ގިނަ އަންހެނުން މަރާލައިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް