މަސްތުވާތަކެއްޗާއި ވަގަށްނަގާފައިވާ ކަމަށް ބެލެވޭ ޓީވީއަކާ އެކު މީހަކު އައްޑޫ ސިޓީ މަރަދޫއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި

މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 08 ރަބަރު ޕެކެޓާއި ވަގަށްނަގާފައިވާ ކަމަށް ބެލެވޭ ޓީވީއަކާ އެކު މީހަކު އައްޑޫ ސިޓީ މަރަދޫއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. ފުލުހުން ހާމަކުރ...

23 Jul 2015 | 05:13

މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 08 ރަބަރު ޕެކެޓާއި ވަގަށްނަގާފައިވާ ކަމަށް ބެލެވޭ ޓީވީއަކާ އެކު މީހަކު އައްޑޫ ސިޓީ މަރަދޫއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުން ހާމަކުރާ ގޮތުގައި މި މައްސަލައާއިގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ޕޮލިސް އިންޓެލިޖެންސް އާއި އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 2015 ޖުލައި 21 ވަނަދުވަހުގެ ރޭ 21:07 ހާއިރު ކަމަށެވެ.

އިތުރަށް ފުލުހުން ހާމަކުރައްވާ ގޮތުގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 08 ރަބަރު ޕެކެޓްގެ ތެރެއިން 7 ޕެކެޓް  ފެނިފައިވަނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު އޭނާ ލައިގެން ހުރި ޖިންސްގެ ވާތްފަރާތު ޖީބުންކަމަށެވެ. އަދި އޭނާ ދިރިއުޅެމުންދާ ގެ ބަލައިފާސްކުރިއިރު އޭނާ އުޅެމުންދާ ކޮޓަރީގެ ކުޑަދޮރު ކައިރިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށާއި މީގެއިތުރުން އެގޭ ތެރެއިން ވަނީ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ޓީވީ އެއް ފެނިފައިވާ ކަމަށެވެ.

މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށާއި މި މައްސަލަ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން ދަނި ތަހުޤީޤު ކުރަމުން ކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއްވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް