ކޮލަމާފުށީގައި ދުއްވާ ފެރީއެއް ބަލައިފާސްކޮށް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 136 ސެލޯފިން ކޮޅު ހޯދައިފި

ކޮލަމާފުށީގައި ދުއްވާ ފެރީއެއް ބަލައިފާސްކޮށް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 136 ސެލޯފިންކޮޅު ހޯދައިފިއެވެ. ޕޮލިސް ސާރޖަންޓް ޖާވިދު އިސްމާޢީލް ވިދާޅުވީ މި ޖުލައި މަހުގެ 21 ވަނަ ދުވަހު ...

23 Jul 2015 | 05:01

ކޮލަމާފުށީގައި ދުއްވާ ފެރީއެއް ބަލައިފާސްކޮށް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 136 ސެލޯފިންކޮޅު ހޯދައިފިއެވެ.

ޕޮލިސް ސާރޖަންޓް ޖާވިދު އިސްމާޢީލް ވިދާޅުވީ މި ޖުލައި މަހުގެ 21 ވަނަ ދުވަހު މި ފެރީ ބަލައިފާސްކޮށްފައިވަނީ ފެރީގައި މަސްތުވާތަކެތިކަމަށް ހުރިކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އެދުވަހުގެ 16:15 ހާއިރުކަމަށެވެ.

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅުތަކުގެ ތެރެއިން 98 ސެލޯފިންކޮޅު ފެނިފައިވަނީ އެ ފެެރީގައި އޮތް ދަބަހެއްގެ ތެރޭގައި އޮތް ސިނގިރޭޓް ފޮށްޓެއްގެ ތެރެއިންކަމަށާއި އަދި ފެރީގެ ގޮނޑިއެއްގެ ދަށުގައި އޮތް ސިނގިރޭޓް ފޮށްޓެއްގެ ތެރެއިން ވަނީ 38 ސެލޯފިންކޮޅު ފެނިފައިވާ ކަމަށްވެސް ޖާވިދު ހާމަކުރެއްވިއެވެ.

ކޮލަމާފުށީގައި ދުއްވާ މި ފެރީއަކު އެއަތޮޅުގެ ރަށްތަކުގެ އިތުރުން ގދ. ތިނަދޫއަށްވެސް ދަތުރުކުރަމުންދާ ފެރީއެކެވެ. މި މައްސަލައާއި ގުޅިގެން އަދި އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ނުވާކަމަށާއި މިމައްސަލަ ގއ. ކޮލަމާފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުން އަންނަކަމަށް ވެސް ޖާވިދު ހާމަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް