ގއ. ވިލިނގިލީގައި އިއްޔެ ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލާގައި 11 މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 18 އަހަރާއި 31 އަހަރާ ދެމެދުގެ ދިވެހި ފިރިހެނުންނެވެ.
ޕޮލިސް ސްޓާފް ސާރޖަންޓް ޙުސައިން ފިރާޟް މަޢުލޫމާތު ދެއްވާ ގޮތުގައި އިއްޔެ އިރު އޮއްސުނު ވަގުތު ހިންގި މި ހަމަނުޖެހުމުގައި 5 ފުލުހަކަށް އަނިޔާވެފައިވާއިރު އެ ފުލުހުންގެ ތެރެއިން 3 ފުލުހެއްގެ ބޯ ފަޅައިގެން ގޮސްފައިވެއެވެ. އެ ރަށުގައި ޤާއިމްވެ ތިބޭ ފުލުހުންގެ އިތުރުން، އިތުރު ފުލުހުން މި މައްސަލައާ ގުޅިގެން ރޭ އެ ރަށުގައި ވަނީ ހަރަކާތްތެރި ވެފައިކަމަށެވެ.
މި މައްސަލަ ތަޙުޤީޤު ކުރުމަށް ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ޚާއްޞަ ތަޙުޤީޤު ޓީމެއް ގއ. ވިލިނގިއްޔަށް ދިއުމަށް މިހާރު ދަނީ ތައްޔާރުވަމުން ކަމަށްވެސް ފުލުހުން ހާމަކުރައްވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް