ޑްރޯންގެ އެހީގައި ބޭރުގެ ދެ މަސްބޯޓެއް ސިފައިންގެ ބެލުމުގެ ދަށަށް

ޑްރޯންގެ އެހީގައި ލޮކޭޓްކޮށް ބޭރުގެ ދެ މަސްބޯޓެއް ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މިކަން ހާމަކޮށް އެމްއެންޑީއެފްއިން އިރު އޮއްސުނުހާއިރު ބުނެފައިވަނީ ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހަ...

23 Jun 2025 | 13:40

ޑްރޯންގެ އެހީގައި ލޮކޭޓްކޮށް ބޭރުގެ ދެ މަސްބޯޓެއް ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިކަން ހާމަކޮށް އެމްއެންޑީއެފްއިން އިރު އޮއްސުނުހާއިރު ބުނެފައިވަނީ ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރު ޤައުމެއްގެ ދެ މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.

އެއީ ކޮން ޤައުމަކަށް ނިސްބަތްވާ ބޯޓުތަކެއްކަން ހާމަކޮށްފައެއް ނުވެއެވެ. އަދި އެ ލޮކޭޓުކޮށްފައިވަނީ ޑްރޯން މެދުވެރިކޮށްކަންވެސް ސީދާ ބުނެފައެއް ނުވެއެވެ.

އެހެންނަމަވެސް ޑްރޯން މެދުވެރިކޮށް ލޮކޭޓްކޮށް ފޮލޯކުރާ ފޮޓޯ އެމްއެންޑީއެފްއިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް