އިސްރާއީލުގެ ހަމަލާތަކުގައި މިހާތަނަށް އީރާނުން 600 އަށްވުރެ ގިނަ މީހުން މަރުވެ 3000 އަށްވުރެ ގިނަ މީހުން ޒަހަމްވެއްޖެ

އެމެރިކާގެ ވޮޝިންގްޓަންގައި މަރުކަޒުކޮށްފައިވާ "ހިއުމަން ރައިޓްސް އެކްޓިވިސްޓްސް" ނަމަކަށް ކިޔާ ޖަމްޢިއްޔާއިން އިސްރާއީލުން ދެމުންގެންދާ ހަމަލާ ތަކުގައި އީރާނުގެ މުޅި ޤައުމަށް ނިސްބަތްވާ އިންސާނީ ގެއް...

23 Jun 2025 | 04:24

އެމެރިކާގެ ވޮޝިންގްޓަންގައި މަރުކަޒުކޮށްފައިވާ "ހިއުމަން ރައިޓްސް އެކްޓިވިސްޓްސް" ނަމަކަށް ކިޔާ ޖަމްޢިއްޔާއިން އިސްރާއީލުން ދެމުންގެންދާ ހަމަލާ ތަކުގައި އީރާނުގެ މުޅި ޤައުމަށް ނިސްބަތްވާ އިންސާނީ ގެއްލުމުގެ ތަފާސްހިސާބުތަކެއް ހާމަކޮށްފިއެވެ. މި ތަފާސްހިސާބުތަކުގެ މަތިން، މަރުވެފައިވާ މީހުންގެ ތެރެއިން 380 އަކީ އާންމު ރައްޔިތުންކަމަށާއި، 253 އަކީ ސަލާމަތީ ބާރުތަކުގެ މުވައްޒަފުންކަމަށް އެ ޖަމްޢިއްޔާއިން ފާހަގަކޮށްފައިވެއެވެ.

2022 ވަނަ އަހަރު މަހްސާ އަމީނީގެ މަރާ ގުޅިގެން ހިނގި އިހުތިޖާޖުތަކުގައިވެސް ތަފްޞީލީ މަރުގެ އަދަދުތައް ހާމަކޮށްފައިވާ މި ޖަމްޢިއްޔާއިން، އިސްލާމީ ޖުމްހޫރިއްޔާގެ އެކި ސަރަޙައްދުތަކުގެ ރިޕޯޓުތައް، އެ ޤައުމުގައި އެ ޖަމްޢިއްޔާއިން ޤާއިމުކޮށްފައިވާ މަޢުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުގެ ވިއުގައާ އަޅާކިޔައެވެ.

މި ހަނގުރާމައިގައި އީރާނުން ގަވާއިދުން މަރުގެ އަދަދުތައް ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ހޮނިހިރު ދުވަހު އީރާނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، އިސްރާއީލުގެ ހަމަލާތަކުގައި 400 އެއްހާ އީރާނު ރައްޔިތުން މަރުވެފައިވާ ކަމަށާއި އިތުރު 3،056 މީހުންނަށް ޒަޚަމްވެފައިވާ ކަމަށް ބަޔާންކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް