މާލޭ ޖަމީލްދީދީ މިސްކިތުގެ ތަޅުގައި އަލިފާން ރޯކުރަން މަސައްކަތް ކޮށްފި ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
ސިޓީ ކައުންސިލުން މިހެން ބުނެފައިވަނީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
ފުލުހުން ޓެގްކޮށް ސިޓީ ކައުންސިލުން ބުނީ، މިސްކިތްތަކުން ވައްކަންކޮށް ތަކެއްޗަށް ގެންލުން ދީ މިސްކިތުގެ ކަރާމާތް ނަގާލުމަށް މަސައްކަތްކުރާ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅު އަޅާންޖެހޭ ކަމަށެވެ.
މާލޭގެ މިސްކިތްތަކުގައި ހުންނަ ތަކެއްޗަށް ގެއްލުން ދިނުމާއި މިސްކިތްތަކުން ވަންކަން ކުރުން އިތުރު ވަމުން ދާތީ ސިޓީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
މިގޮތުން ދާދި ފަހުން ވަނީ މާލޭގެ މިސްކިތްތަކުން ފަންކާ ވަގަށް ނަގާ މައްސަލައެއްވެސް ފެންމަތިވެފައެވެ. ސިޓީ ކައުންސިލުން ބުނީ މިސްކިތްތަށް ހުރުމަތް ކެނޑޭ ފަދަ އަމަލުކުރާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް