މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި ދައުވާ އުފުލާފައިވާ މީހަކު އަނެއްކާ މަސްތުވާތަކެއްޗާއެކު ހައްޔަރު

100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގާ ދައުވާކުރަން ފޮނުވާފައިވާ މީހުންގެ ތެރެއިން މީހަކު ހަމަ މިފަދަ މައްސަލައެއްގައި އަނެއްކާވެސް ހައްޔަރުކޮށްފިއެވެ. ހައްޔަރުކޮށްފައިވަނީ ދ. ބަނޑިދޫ، ޕޮލަރިސް، އުމ...

23 Jun 2024 | 16:38

100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގާ ދައުވާކުރަން ފޮނުވާފައިވާ މީހުންގެ ތެރެއިން މީހަކު ހަމަ މިފަދަ މައްސަލައެއްގައި އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްފައިވަނީ ދ. ބަނޑިދޫ، ޕޮލަރިސް، އުމުރުން 64 އަހަރުގެ މުހައްމަދު ހުސެއިން އެވެ.

މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށް މުއްދަތު ޖެހުމަށް މިއަދު ކޯޓަށް ހާޒިރުކޮށްފައިވާއިރު ތުހުމަތު ކުރަނީ އެއް ރަށުން އަނެއް ރަށުން މަސްތުވާތަކެތި ގެންދިއުމުގެ ތުހުމަތެވެ. ތަހުގީގު ނިމެންދެން ބަންދު ކުރުމަށް ކޯޓުން މިއަދު އަމުރުކޮށްފައިވެއެވެ.

މުހައްމަދު ހުސެއިން އަކީ 100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގާ ހައްޔަރުކުރި އަށް މީހުންގެ ތެރެއިން އެކަކެވެ. މުހައްމަދު ހުސެއިންގެ މައްޗަށް އޭރު އުފުލި ދައުވާގެ ތެރޭގައި ހިމެނެނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއާއި ޑައިމޯފިން ބޭނުން ކުރުމުގެ ދައުވާއެވެ. އެ މައްސަލައިގާ އޭނާ ހައްޔަރުކުރި ނަމަވެސް ފަހުން އޭނާ ދޫކޮށްލާފައިހުރީ ބަންދުގައި ބަހައްޓަންޖެހޭވަރުގެ ހެއްކެތް ނެތްކަމަށް ބުނެއެވެ.

https://dhuvas.mv/186488

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް