ސޯމާލިޔާ ތިން މަސްވެރިން މަހަށް ފުރީ އޭޕްރީލް މަހުގައި، ގެއިން ނިކުތީ ބައި ކިލޯ ޕާސްތާ ކައިގެން !

އިއްޔެ ނ. ވަވައްޗަށް ސޯމާލިޔާގެ ޑިންގީއެއް ލައްގާފައިވާއިރު އެ ޑިންގީގައި ސޯމާލިޔާގެ ތިން މީހަކު ތިއްބެވެ. ފުލުހުން މިއަދު ބުނެފައިވާގޮތުގައި މިހާރު އެ ތިން މީހުންނަށް ހޮޅުދޫއިން ވަގުތީ ބޯހިޔާވަހިކަން...

23 Jun 2024 | 12:46

އިއްޔެ ނ. ވަވައްޗަށް ސޯމާލިޔާގެ ޑިންގީއެއް ލައްގާފައިވާއިރު އެ ޑިންގީގައި ސޯމާލިޔާގެ ތިން މީހަކު ތިއްބެވެ. ފުލުހުން މިއަދު ބުނެފައިވާގޮތުގައި މިހާރު އެ ތިން މީހުންނަށް ހޮޅުދޫއިން ވަގުތީ ބޯހިޔާވަހިކަން މިހާރު މިވަނީ ފޯރުކޮށްދީފައެވެ.

އެ ޑިންގީގައި އެ ތިބީ އުމުރުން 28 އަހަރުގެ ޝުއައިބު އަލީ އަމްބާރް އާއި އުމުރުން 19 އަހަރުގެ ދާދީރު ސަކަރިޔޭ އަބްދީގެ އިތުރުން އުމުރުން 39 އަހަރުގެ މުހައްމަދު އަބްﷲ އެވެ. އެ ޑިންގީގެ ކައްޕިއަކީ 28 އަހަރުގެ ޝުއައިބު އަލީއެވެ.

ސޯމާލީ ނޫސްތަކަށް މައުލޫމާތުދެމުން ޝުއައިބުގެ މަންމަ ތިމީރޯ ކޮސޮބެލް ބައްރޭ ބުނެފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު އެ ތިން މީހުން މަހަށް ފުރީ ގެއިން ބައި ކިލޯ ޕާސްތާ ކައިގެންނެވެ. ދިޔަ ފަހުން ހަބަރެއް ނުވުމުން އެމީހުން މަރުވީ ކަމުގައިވެސް އާއިލާއިން ހީކުރިއެވެ.

ޝުއައިބު މަންމަ ބުނެފައިވަނީ އެ ތިން މީހުންވެސް މަހަށް ފުރުމުގެ ކުރިން ކެއީ ޝުއައިބު މެން ގެއިން ކަމަށާއި އެމީހުން ކެއީ ބައި ކިލޯ ޕާސްތާ ކަމަށެވެ.

ސޯމާލިޔާގެ ވެރިރަށް މޮގަދިޝުން ފުރި އެ މީހުން ރާއްޖެއިން ފެނުނު ޚަބަރާއި އެކު އާއިލާއިން ތިބީ އިންތިހާއަށް އުފާވެފައިކަމުގައި ބުނެފައިވެއެވެ. އަދި އެމީހުން ފެނުމުން، މާތް ﷲއަށް ހަމްދުކުރާ ކަމަށާއި ހެޔޮ ހާލުގައި ތިން މީހުން ތިބި ފޮޓޯ ފެނުމުން އިންތިހާއަށް އުފާވި ކަމުގައިވެސް އާއިލާގެ މެންބަރުން ބުނެފައިވެއެވެ.

ޝުއައިބުމެންގެ ޢާއިލާއިން އެ ޤައުމުގެ ސަރުކާރު ކުރެން މިހާރު އެދިފައިވަނީ ވީ އެންމެ އަވަހަކަށް އެމީހުން ޤައުމަށް ގެނެސްދިނުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް