ހުޅުމާލޭގައި ހިނގި މާރާމާރީއެއް ހުއްޓުވުމަށް ފުލުހުން ދިޔުމުން ފިލަން މަސައްކަތް ކުރުމުގެ ތެރޭގައި ފުލުހެއްގެ ގައިގައި ކާރުން ޖައްސާ ފިލި 22 އަހަރުގެ މީހާގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ފިރެހެނެކެވެ. އެމީހާގެ ބަންދަށް މިމަހު 15 ވަނަ ދުވަހު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.
އެމީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އިތުރު 10 ދުވަހަށް ބަންދު ކުރުމަށް އަމުރެއް ނެރެފައެވެ.
މިފަހަކަށް އައިސް މާލޭގައި މާރާމާރީ ހިނގުން ވަނީ އިތުރު ވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް