ސިޔާސީ މަގާމުތަށް މަދުކޮށް މީހުން ނެގުން ސަރުކާރުން މަދުކުރަން ފަށައިފިއެވެ.
ސަރުކާރުގެ ގިނަ މިނިސްޓްރީތަކަށް 40 އާ ގާތް ކުރާ އަދަދަކަށް ސިޔާސީ މީހުން އައްޔަން ކޮށްފައިވާއިރު ދުވަހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ސަރުކާރުން މިހާރު އަންނަނީ މިނިސްޓްރީތަކަށް އައްޔަން ކޮށްފައިވާ ބައެއް ސިޔާސީ މީހުން މަދު ކުރަން ފަށާފައެވެ. ބައެއް މިނިސްޓްރީތަކަށް އައްޔަން ކޮށްފައިވާ ސިޔާސީ މީހުންގެ އަދަދު 25 އަށް މަދު ކުރަން ވެސް ވަނީ ނިންމާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކޮށްފައިވާ އަދަދު ހޯދުމަށް ބައެއް ނޫސްތަކުން ހުށަހެޅުމުން އެކަމަށް ސަރުކާރުން ވަކި ޖަވާބެއް ދީފައެއް ނުވެއެވެ.
ބައެއް މީހުންގެ ޕާފޯމަންސަށް ބަލައި ވަޒީފާ އިން ވަކި ކުރާއިރު އަނެއްބައި މީހުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބަދަލު ކުރުމުގެ މަޝްވަރާތަކެއް ސަރުކާރުން ދަނީ ކުރަމުންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުގައިވަނީ މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 700 ގައި ހިފެހެއްޓުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް