ނ. އަތޮޅު ވަވަތިއަށް އިއްޔެ ޑިންގީއެއްގައި ލެއްގި ސޯމާލިޔާގެ ތިން މީހުންނަށް އެ އަތޮޅު ހޮޅުދޫން ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.
އިއްޔެ ފުލުހުން ބުނެފައިވަނީ އިއްޔެ ވަވަތިއަށް އިއްޔެ ޑިންގީއެއް ލެއްގި ކަމަށާއި އެ ޑިންގީގައި ސޯމާލިޔާގެ ތިން މީހަކު ތިބި ކަމަށެވެ.
ނ. ވަވަތިއަކީ ދަނޑުވެރިކަމާއި މަސްވެރިކަމުގެ މަސައްކަތްތަކަށް ދޫކޮށްފައިވާ ރަށެކެވެ.
މިއަދު ފުލުހުން ބުނެފައިވަނީ އިއްޔެ ފެނުނު ސޯމާލިޔާ މީހުންނަކީ ކަނޑުމަތީގައި ހާލުގައި ޖެހި، ބެހިގެން އާދެވުނު ބައެއްކަން މިހާތަނަށް ބެލި ބެލުމން އެނގިފައިވާކަމަށާއި އެމީހުން ހޮޅުދުއަށް ގެންގޮސް ކައުންސިލްގެ އެހީތެރިކަމާއެކު ވަގުތީގޮތުން އެމީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް