އިއްޔެ އެކަނި ޣައްޒާއިން ޝަހީދުކޮށްލި މީހުންގެ އަދަދު 100 އިން މައްޗަށް

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާއިން ޝަހީދުކޮށްލި މީހުންގެ އަދަދު 100 އިން މައްޗަށް ގޮސްފައިވާކަމުގައި ޣައްޒާގެ ޞިއްޙަތާއިބެހޭ ވުޒާރާއިން ބުނެފިއެވެ. އެ ވުޒާރާއިން ބުނެފައިވާގޮތުގައި 24 ގަޑިއިރަ...

23 Jun 2024 | 04:55

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާއިން ޝަހީދުކޮށްލި މީހުންގެ އަދަދު 100 އިން މައްޗަށް ގޮސްފައިވާކަމުގައި ޣައްޒާގެ ޞިއްޙަތާއިބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ބުނެފައިވާގޮތުގައި 24 ގަޑިއިރަށް ބަލާއިރު މަރުވި އަދަދު 101 އަށް އަދި ޒަޚަމްވި އަދަދު 169 އަށް ވަނީ އަރާފައެވެ. އެއީ އިއްޔެ ޝާތީ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާތަކުގައި ޝަހީދުކޮށްލި 24 މީހުންނާއި ތޫފާ ސަރަހައްދުގައި ޝަހީދުކޮށްލި 18 މީހުން ހިމެނޭހެންނެވެ.

ޣައްޒާގެ ޞިއްޙަތާއިބެހޭ ވުޒާރާއިން ފާހަގަކޮށްފައިވާގޮތުގައި މިއީ މި މަހުގެ އަށްވަނަ ދުވަހަށްފަހު އެންމެ ގިނަ އަދަދަކަށް މީހުން ޝަހީދުވި ދުވަސްގެ ގޮތުގައި ފާހަގަކުރެވެއެވެ. މި މަހުގެ އަށެއްގައި ނުސެއިރަތު ކޭމްޕަށް އަމާޒުކޮށް ދިން ހަމަލާގައި 274 މީހަކު ޝަހީދުވެފައިވެއެވެ.

އިސްރާއީލުގެ ހަމަލާތަކަށް ނުވަ މަސް ވާން ގާތްވެފައިވާއިރު މި ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު އިއްޔެ މިވަނީ 37،551 އަށް އަރާފައެވެ. ޒަޚަމްވި މީހުންގެ އަދަދު ވަނީ 85،911 އަށް އަރާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް