ސަބްމެރިން ގެއްލުން: އިމްޕްލޯޝަނަކީ އެކްސްޕްލޯޝަންގެ ދިމާ އިދިކޮޅު – ފިތި ބާރުވެ ފުނޑުފުނޑުވެގެން ދިއުން !

ބައިނަލްއަގްވާމީ މީޑިއާގައްޔާއި ސޯޝަލް މީޑިއާގައިވެސް މިވަގުތު އެންމެ ގިނައިން ދެކެވޭ ފެތުރޭ ވާހަކައަކަށް އޮތީ ފެތިފައިވާ ޓައިޓޭނިކް ބަލަން ދިޔަ ސަބްމެރިން ގެއްލި އެ ސަބްމެރިން "އިމްޕްލޯޑް" ވި ވާހަކައ...

23 Jun 2023 | 16:32

ބައިނަލްއަގްވާމީ މީޑިއާގައްޔާއި ސޯޝަލް މީޑިއާގައިވެސް މިވަގުތު އެންމެ ގިނައިން ދެކެވޭ ފެތުރޭ ވާހަކައަކަށް އޮތީ ފެތިފައިވާ ޓައިޓޭނިކް ބަލަން ދިޔަ ސަބްމެރިން ގެއްލި އެ ސަބްމެރިން "އިމްޕްލޯޑް" ވި ވާހަކައެވެ.

މިހާރު ގަބޫލު ކުރަނީ އެ އުޅަނދު އިމްޕްލޯޑް ވީ ކަމަށެވެ. އިމްޕްލޯޑް ވުމަކީ އިނގިރޭސިބަހުން އެ ބުނާ "އެކްސްޕޯޑް" ނުވަތަ ގޮވުމުގެ އިދިކޮޅެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެ ސަބްމެރިން އިމްޕްލޯޑް ވީ ކަމަށް ލަފާކުރަނީ އެހާ އަޑިއަށް ބާރު ސްޕީޑެއްގައި ދިޔުމުން އޭގެ އެތެރޭގެ ވަޔާއި ބޭރުގެ ފެނުގެ ޕްރެޝަރާ ނުބައްދަލުވެ ފަޅި ސިކުންތެއްގެ ތެރޭގައި ހަމަ ކުއްލިއަކަށް ކަހަލަ ގޮތަކަށް ފިތި ބާރުވެ ފުނޑުފުނޑުވެގެން ދިއުމެވެ.

މި ސަބްމެރީންގެ ބައެއް ބައިތައް އެޓްލާންޓިކް ކަނޑުގެ 4000 މީޓަރު (13 ހާސް ފޫޓު) އަޑިން ފެނިފައިވާކަމަށްބުނާއިރު ތަޖުރިބާކާރުން ބުނާގޮތުގައި މޫދުގެ އާންމުކޮށް ފީނާފައިދެވޭ ފުންމިނުގައިވެސް (ޕީއެސްއައި) މިންގަނޑުން ބަލާނަމަ އެޓްމޯސްފެރިކް ޕްރެޝަރ ހުންނަނީ ކޮޑިއިންޗިއަކަށް 14.7 ރާތާ ބާރުމިނެއްގެއެވެ. ނުވަތަ 100 ކިލޯޕާސްކަލްސްގައެވެ. ޓައިޓޭނިކް ފެތިފައިވާ ފުންމިނުގައި އެ ޕްރެޝަރު ހުންނާނީ 6000 ޕީއެސްއައިގައި ކަމާއި އެއީ ކިލޯޕާސްކަލްސްއިން ބަލާނަމަ 41000 ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އެ ސަބްމެރީނުން ދަތުރުކުރި ފަސް މަހުޖަނުން ދިރިތިއްބާ ހޯދުމުގެ އުންމީދެއް ދެން ނެތްކަމަށް ނިންމައި އެ ސަބްމެރީންގެ ބައިތައް ފެންމަތި ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު އެ ސަބްމެރިން ގެއްލުނީ މިދިޔަ އާދީއްތަ ދުވަހުގައެވެ. ސަބްމެރީންގެ މައި އުޅަނދުގެ ކައިރިން ތިރިއަށް ދާން ފެށިތާ 45 ވަރަކަށް މިނެޓުގެ ތެރޭގައި ކަނެކްޝަން ގެއްލުނު ކަމަށް ބުނެފައިވެއެވެ. އެހެން ނަމަވެސް ގެއްލުނުކަން ރިޕޯޓް ކުރީ މައްޗަށް އަރަންޖެހޭ ވަގުތު ފާއިތުވި އިރުވެސް މައްޗަށް ނާރާތީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް