ރަޝިޔާގެ ސިފައިން ދަނީ ފަހަތަށް ޖެހެމުން

ޔޫކުރޭނުން ފައްޓާފައިވާ ކައުންޓަރ އޮފެންސިވް ހަމާލާތަކާއި ގުޅިގެން ރަޝިޔާގެ ސިފައިން ފަހަތަށް ޖެހެމުންދާ ކަމަށް ވެގްނަރ ކުލީ ސިފައިންގެ ޖަމާއަތުގެ ވެރިޔާ ހުކުރު ދުވަހު ވިދާޅުވެއްޖެއެވެ. މި ވާހަކަތަކަކ...

23 Jun 2023 | 14:43

ޔޫކުރޭނުން ފައްޓާފައިވާ ކައުންޓަރ އޮފެންސިވް ހަމާލާތަކާއި ގުޅިގެން ރަޝިޔާގެ ސިފައިން ފަހަތަށް ޖެހެމުންދާ ކަމަށް ވެގްނަރ ކުލީ ސިފައިންގެ ޖަމާއަތުގެ ވެރިޔާ ހުކުރު ދުވަހު ވިދާޅުވެއްޖެއެވެ.

މި ވާހަކަތަކަކީ ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ދާދިފަހުން ޔޫކްރޭނަށް ކާރިސާވެރި ގެއްލުންތަކެއް ލިބެމުންދާ ކަމަށާއި ހަމަލާބަދަލުކުރުން ކުރިއަށްދަނީ ލުއިކޮށް ކަމަށް ވިދާޅުވެފައިވާ ވަޒަންކުރުމާ ފުށުއަރާ ވާހަކަތަކެކެވެ.

ވެގްނަރގެ ވެރިޔާ ޔެވްގެނީ ޕްރިގޯޒިން ވިދާޅުވެފައިވަނީ ޔޫކްރޭނުގެ ސިފައިންދަނީ ޒަޕޮރީޒިޔާއާއި ޙަރްސޯންގައި ތިބި ރަޝިޔާ ސިފައިން ފަހަތަށް ޖައްސަމުން ކަމަށެވެ. ޕްރިގޯޒިން ރަޝިޔާގެ އަޝްކަރީ އަދި ސިޔާސީ ވެރިންނަށް ނިސްބަތްކޮށް ވިދާޅުވެފައިވަނީ އެމީހުން އަހަރުމެންނަށް ކިޔައިދެމުންދާ ވާހަކަތަކަކީ އެންމެ ފުން އޮޅުވާލުން ކަމަށެވެ.

ހުޅަނގުގެ ގައުމުތަކުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވަ ޕްރިގޯޒިންގެ ވެގްނަރ ޖަމާއަތުން ވަނީ ޔޫކްރޭނުގެ ޑާނިއެސްކް އަދި ބަޙްމޫތު ހިފުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. މިދެ ސިޓީ ހިފުމަށް ކުރި ހަނގުރާމައިގައި ވެގްނަރ ޖަމާއަތުން ވަނީ ރަޝިޔާގެ ޖަލުތަކުގައި ތިބި އެތައް ހާސް ގައިދީންނެއް ހަނގުރާމަޔަށް ނެރެފައެވެ.

އެހެންނަމަވެސް މިހާރު ޕްރިގޯޒިންވަނީ ޔޫކްރޭން ހަނގުރާމަ އެންމެ ފުރަތަމަ ފައްޓަން ޖެހުނު ސަބަބާއިމެދުވެސް ސުވާލު އުފައްދާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް