ފިނިމޫސުމަށް ޕާކިސްތާނަށް ބޭނުންވާ ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) ފޯރުކޮށްދޭނެބަޔަކު ނުވިކަމަށް އެގައުމުން ހާމަކޮށްފިއެވެ.
ޕާކިސްތާނު ސަރުކާރުގެ ކުންފުންޏެއް ކަމުގައިވާ ޕާކިސްތާން އެލްއެންޖީ ލިމިޓެޑް (ޕީއެލްއެލް) އިން ހާމަކޮށްފައިވާ ގޮތުގައި އަންނަން އޮތް އޮކްޓޯބަރު އަދި ޑިސެންބަރު މަހު، ކޮންމެ މަހަކު ތިން ކާގޯގެ އެލްއެންޖީ ފޯރުކޮށްދޭން ހުޅުވާލި ޓެންޑާގެ ސުންގަޑި ހަމަވިއިރުވެސް އެއްވެސް ބިޑެއް ލިބިފައެއް ނުވާކަމަށެވެ.
ކަމުގެ ތަޖުރިބާކާރުން ވިދާޅުވެފައިވާ ގޮތުގައި ޕާކިސްތާނަށް އެލްއެންޖީ ފޯރުކޮށްދޭނެ ބަޔަކު ނުވެގެން އުޅެނީ އެގައުމާއި އިންޓަނޭޝަންލް މަނިޓަރީ ފަންޑާއި ދެމެދު އޮތް ގުޅުން ހީނަރުވެ، އެގައުމުގެ ކްރެޑިޓް ރޭޓިން ވެއްޓި، އަދި ފޮރިން އެކްސްޗޭންޖުގައި ހުރި ހުރަސްތަކާއި ގުޅުގެންނެވެ.
ޕީއެލްއެލްއިން މީގެ ކުރިން ވަނީ މަހަކު ތިން ކާގޯގެ އެލްއެންޖީ، ޓެންޑަރ މެދުވެރިކޮށް އިންޕޯޓުކޮށްފައެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖޫންމަހާއި ހަމައިން އެންމެ ކާގޯއެއް ގެނައުމަށްވެސް ޕާކިސްތާނަށްވަނީ ދަތިވެފައެވެ. އެގައުމުން ތަކުރާރުކޮށް ހުޅުވާލި ޓެންޑާތަކަށް އެއްވެސް ބިޑެއްލިބިފައެއް ނުވެއެވެ. ލިބުނު ބިޑުތަކަށްވެސް ފައިސާ ދައްކަން ޕާކިސްތާނަށް ވަނީ ނުކުޅެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް