އެމްއާރްއެމް ސްލޮޓެއްގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި ހުރި ނައިބަކު މަގާމުން ވަކިކޮށްފި

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ސްލޮޓެއްގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން މިނިސްޓަރުގެ ނައިބުގެ މަގާމުގައި ހުންނެވި އިސްމާއިލް ޒަބީހް މަގާމުން ވަކިކޮށްފިއެވެ. ޒަބީހް މަގާމުން ވަކިކޮށ...

23 Jun 2023 | 10:31

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ސްލޮޓެއްގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން މިނިސްޓަރުގެ ނައިބުގެ މަގާމުގައި ހުންނެވި އިސްމާއިލް ޒަބީހް މަގާމުން ވަކިކޮށްފިއެވެ.

ޒަބީހް މަގާމުން ވަކިކޮށް އެކަން ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ވަހީދު ސޮއި ކުރެއްވި ސިޓީފުޅަކުން އިއްޔެ ޒަބީހަށް އެކަން ވަނީ އަންގާފައެވެ.

ޒަބީހް އެ މަގާމުން ވަކިކޮށްފައިވާއިރު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ މިނިސްޓަރު ޑރ. އިބްރާހިމް ހަސަން (ޗަބީ) ވެސް މިނިސްޓަރުގެ މަގާމުގައި އެ ހުންނަވަނީ އެމްއާރްއެމްގެ ސްލޮޓެއްގައެވެ. މި ފަހުން އެމްއާރްއެމްއިން ބަޔަކު ވަކިވި ނަމަވެސް މިނިސްޓަރު ޗަބީ އެމްއާރްއެމް ދޫކޮށްލައްވާފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް