މިރޭ ހުޅުމާލެ ފޭސް ދެއަކާ ދިމާލުން ހަވާ އަރުވާނެ

މިރޭ ހުޅުމާލޭ ފޭސް ދޭއްގެ ފަރުކޮޅުފުއްޓާ ދިމާ ބޭރުގައި ހަވާ އަރުވާނެކަމުގައި އެމްއެންޑީއެފުން ބުނެފިއެވެ. މިކަން ހާމަކޮށް އެމްއެންޑީއެފުން ބުނެފައިވަނީ މިރޭ 10ގައި ހުޅުމާލެ ފޭސް ދޭއްގެ ފަރުކޮޅުފުއްޓާ ...

23 Jun 2023 | 10:23

މިރޭ ހުޅުމާލޭ ފޭސް ދޭއްގެ ފަރުކޮޅުފުއްޓާ ދިމާ ބޭރުގައި ހަވާ އަރުވާނެކަމުގައި އެމްއެންޑީއެފުން ބުނެފިއެވެ.

މިކަން ހާމަކޮށް އެމްއެންޑީއެފުން ބުނެފައިވަނީ މިރޭ 10ގައި ހުޅުމާލެ ފޭސް ދޭއްގެ ފަރުކޮޅުފުއްޓާ ދިމާ ބޭރު މޫދު ސަރަހައްދުގައި ހަވާ އަރުވާނެ ކަމަށާއި އެއީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.

ހަވާ އަރުވާނީ ތިން މިނެޓެއްހާއިރުކަމަށްވެސް ބުނެފައިވެއެވެ. ހަވާ އަރުވާނަމަ ސިފައިން އެކަން ދުރާލާ އިއުލާނުކުރަމުންގެންދެއެވެ.

https://twitter.com/MNDF_Official/status/1672135022978166784

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް