ރިޓްޒް ކާލްޓަންގައި ފަތުރުވެރިޔަކު ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގާ މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މައްސަލައިގެ ތުހުމަތު ކުރެވޭ މީހާ ފުރުން މަނާކުރުމުގެ އަމުރަކަށް ކޯޓުގައި އެދުމުން އިއްޔެއިން ފެށިގެން ފުރުން މަނާ ކުރުމުގެ އަމުރެއް ކޯޓުން ނެރެދީފައިވާކަމަށެވެ.
"އެއީ 30 އަހަރުގެ ދިވެހި ފިރިހެނެއް" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އާދީއްތަ ދުވަހު ބުނެފައިވަނީ ކ. އަތޮޅު ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއަކު ރޭޕުކޮށްފައިވާ މައްސަލައެއް މި މަހުގެ ހަ ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުމުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ރޭޕްގެ ޝިކާރައަކަށް ވީ ކަމަށް ބުނަނީ އޮސްޓްރޭލިއާގައި ކިޔަވަން ހުންނަ، ޗައިނާ އަށް ނިސްބަތްވާ އަންހެނެކެވެ. އެ އަންހެން މީހާ ކަމަށް ބެލެވޭ މީހަކު ވަނީ ޓްވިޓާގައި އޭނާއާއި ދިމާވިކަމަށް ބުނާ ހާދިސާގެ ތަފްސީލު ހިއްސާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް