އުރީދޫ ޢީދު މަޖާ ތީމްގެ ދަށުން ހުޅުމާލެ ފޭސް ދޭއްގައި މިއަދު ކުޑަކުދިންގެ ހަވީރެއް އޮންނާނެކަން އުރީދޫއިން ހާމަކޮށްފިއެވެ.
އެގޮތުން މިއަދު ހަވީރު ހަތަރެއް ޖަހާއިރު ކުޑަކުދިންނަށް ހާއްސަ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަން ރާވާފައިވެއެވެ. އޭގެ ތެރޭގައި "ސްނޭކް އެންޑް ލެޑަރ"، ފޭސް ޕެއިންޓިންގ ހިމެނެއެވެ.
https://twitter.com/OoredooMaldives/status/1671915605983895554?s=20
ހަވީރު ހަތަރަކުން ހަޔަކަށް މި ހަރަކާތް ކުރިއަށްދާއިރު ހަބޭސް ބޮޑުބެރު ގްރޫޕްގެ ޕާފޯމޭންސްވެސް ފެނިގެންދާނެކަމުގައި އުރީދޫއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް