ހައްޖު1444: އަރަފާތާއި މުޒްދަލިފާގައި ހޫނުމިން ރެކޯޑް އަދަދަކަށް މައްޗަށް

އަރަފާތާއި މުޒްދަލިފާގައި އިއްޔެ ހޫނުމިން ރެކޯޑް އަދަދަކަށް މައްޗަށް ދިޔަ ކަމުގައި ސައޫދީ އަރަބިއްޔާގެ ދަ ނޭޝަނަލް ސެންޓަރ އޮފް މީޓިއޮލޮޖީ (އެންސީއެމް) އިން ބުނެފިއެވެ. އެގޮތުން އެންސީއެމްއިން ބުނެފައ...

23 Jun 2023 | 05:44

އަރަފާތާއި މުޒްދަލިފާގައި އިއްޔެ ހޫނުމިން ރެކޯޑް އަދަދަކަށް މައްޗަށް ދިޔަ ކަމުގައި ސައޫދީ އަރަބިއްޔާގެ ދަ ނޭޝަނަލް ސެންޓަރ އޮފް މީޓިއޮލޮޖީ (އެންސީއެމް) އިން ބުނެފިއެވެ.

އެގޮތުން އެންސީއެމްއިން ބުނެފައިވަނީ އިއްޔެ އަރަފާތާއި މުޒްދަލިފާގެ ހޫނުމިން 45 ޑިގްރީ ސެލްސިއަސް ގައި ރެކޯޑް ކުރެވުނު ކަމަށެވެ. އަދި އިއްޔެ މައްކާއާއި މަދީނާގައިވެސް ހޫނުމިން 44 ޑިގްރީ ސެލްސިއަސް އަށް އަރާފައިވާކަމުގައި ބުނެފައިވެއެވެ.

އެންސީއެމްއިން ލަފާކޮށްފައިވާގޮތުގައި ހައްޖުގެ އަޅުކަން ފެށޭއިރުވެސް މައްކާ އަދި މަދީނާގެ ހޫނުމިން 43.6 ޑިގްރީ ސެލްސިއަސް އާއި 45 ޑިގްރީ ސެލްސިއަސްއާއި ދެމެދުގައި ހުރުން އެކަށީގެންވެއެވެ. ދުވާލު ވަގުތު ހޫނުގަދަ ނަމަވެސް ރޭގަނޑު ހޫނުމިން ދަށްވެ 29.6 ޑިގްރީ ސެލްސިއަސްއަށް ދަށްވާނެކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް