ހައްޖު މޫސުމުގައި ހައްޖުވެރިންގެ އަތުން އެއްވެސް ކަމަކަށް އެއްވެސް ގޮތަކުން ޗަންދާ ނަގާނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ސައޫދީ އަރަބިއްޔާ ޕަބްލިކް ޕްރޮސެކިއުޝަނުން ބުނެފިއެވެ.
އެގޮތުން ބުނެފައިވަނީ ހައްޖު މޫސުމުގައި މީހުން ހިންގާ އެންމެ އާއްމު އެއް ކުށް ކަމުގައި އެކަން ކުރިންވެސް ފާހަގަކުރެވެމުން އަންނަ ކަމަށާއި އެކަން އެއީ އަބަދުވެސް މަނާ ކަމެއްކަން އަލުން ހަނދުމަކޮށްދޭ ކަމަށެވެ.
ސައޫދީ ޕަބްލިކް ޕްރޮސެކިއުޝަނުން ބުނެފައިވަނީ އެހީ އާއި ޗަންދާގެ ގޮތުގައި އެއްވެސް ފަރާތަކަށް ފައިސާ ނުވަތަ އެހެން ތަކެތިވެސް ނުދިނުމަށް ހައްޖުވެރިންގެ ކިބައިންވެސް އިލްތިމާސް ކުރާ ކަމަށެވެ.
މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ގާތްގަނޑަކަށްދެ މިލިޔަށްވުރެ ގިނަ ހައްޖުވެރިން ބައިވެރިވާނެ ކަމުގައި ސައޫދީ އަރަބިއްޔާއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް