ސަބްމެރިން ގެއްލުން: ބޮޑަށް ބަލަނީ ގޮވީ ކަމަށް ނޫނީ ފަޅައިގެން ދިޔައީ ކަމަށް

ނިމިދިޔަ ހަފްތާގެ އާދީއްތަ ދުވަހު ޓައިޓޭނިކް ފެތިފައިވާ ސަރަހައްދަށް ފަސް މީހަކާއެކު ދަތުރުކުރަނިކޮށް ގެއްލުނު ސަބްމެރިން ފެޅުނީ ކަމަށް ނޫނީ ގޮވީ ކަމަށް ބެލެވިއްޖެއެވެ. މިގޮތަށް ބެލެވިފައިމިވަނީ އެންމ...

23 Jun 2023 | 05:18

ނިމިދިޔަ ހަފްތާގެ އާދީއްތަ ދުވަހު ޓައިޓޭނިކް ފެތިފައިވާ ސަރަހައްދަށް ފަސް މީހަކާއެކު ދަތުރުކުރަނިކޮށް ގެއްލުނު ސަބްމެރިން ފެޅުނީ ކަމަށް ނޫނީ ގޮވީ ކަމަށް ބެލެވިއްޖެއެވެ.

މިގޮތަށް ބެލެވިފައިމިވަނީ އެންމެ ފުރަތަމަ އެމެރިކާގެ ނޭވީގެ އެކޯސްޓިކް ޑިޓެކްޝަން ސިސްޓަމަށް އެ ސަރަހައްދުގެ ކަނޑު އަޑިން ދެނެގަނެވިފައިވުމާއި އަދި އެއަށްފަހު އެ ސަބްމެރިންގެ ބައިތައް ކަމަށް ބެލެވޭ ބައިތަކެއް ކަނޑުގެ އަޑިން ފެނިފައިވާކަމަށް ބުނުމެވެ.

އެގޮތުން، ދިގުމިނުގައި ގާތްގަނޑަކަށް 22 ފޫޓު ހުންނަ "ޓައިޓެން" ނަމަކަށްކިޔާ އެ ސަބްމެރިންގެ މައިގަނޑު ފަސް ބައެއް ފެނިފައިވާކަމަށް ބުނެފައިވެއެވެ. ނަމަވެސް އޭގެން ދަތުރު ކުރި މީހުންގެ އިޝާރާތެއް އަދި ނެތްކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

އެޓްލާންޓިކް ކަނޑުގެ އުތުރު ސަރަހައްދަށް ފެތިފައިވާ ޓައިޓޭނިކް ބަލައިލުމަށް ފަސް މީހުންނާއެކު އެ ސަބްމެރިން ދަތުރުފެށީ މި މަހުގެ 18 ވީ އާދީއްތަ ދުވަހުގައެވެ. ދަތުރު ފެށިތާ 45 ވަރަކަށް މިނެޓް ފަހުން އެ ސަބްމެރިންގެ މުއާސަލާތީ ހިދުމަތް މަތީގައި އޮތް މައި އުޅަނދަށް ކެނޑުނު ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް