މާދަމާ ހެނދުނު އެއްގަޑި އިރަށް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލަން ނިންމާފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
އެ ކުންފުނިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ކަރަންޓު ކަނޑާލުމަށް ނިންމާފައިވަނީ ހެނދުނު 6:30 އާއި 7:30 އާ ދެމެދު ކަމަށާއި އެ މަސައްކަތް ކުރަމުންދާ ވަގުތު މާލޭގެ ބައެއް ހިސާބުތަކުން 10 މިނެޓަށް ކަރަންޓު ކެނޑޭނެ ކަމަށެވެ.
ކަރަންޓު ކަނޑާލަނީ އެއް ވިއުގައަކުން މާލެއާއި ހުޅުމާލެ، އަދި ވިލިމާލޭގެ ކަރަންޓު ގުޅާލުމަށް ގާއިމްކޮށްފައިވާ ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑްގައި ކުރަން ޖެހޭ މަސައްކަތްތަކެއް ކުރުމަށް ކަމަށް ވެސް ސްޓެލްކޯ އިން ބުނެއެވެ.
https://twitter.com/STELCOMALDIVES/status/1539950274646642688
މި މަސަައްކަތް ކުރުމަށް މާދަމާ ކަރަންޓު ކަނޑާލުމަށް ހަމަޖެހިފައިވަނީ ހެންވޭރު ދަނޑު ހިމެނޭ ސަރަހައްދާއި ނަސަންދުރަ އާއި ކާނިވާ ހިމެނޭ ސަރަހައްދާއި ޓާޓާ ފްލެޓްތައް ހުރި ސަރަހައްދާއި ގަޑިބުރު ސަރަހައްދުންނެވެ. އަދި މާފަންނު ފިނި ޕާކް ހިމެނޭ ސަރަހައްދާއި ދުނބުރި މިސްކިތް ހުންނަ ސަރަހައްދު އަދި މާފަންނު މަދަރުސާ ހުންނަ ސަރަހައްދުން ވެސް ކަރަންޓު ކަނޑާލުމަށް ނިންމާފައިވެއެވެ.
ކަރަންޓު ކެނޑުމުން ޢާންމު ރައްޔިތުންނަށް ދިމާވާނޭ ދަތިތަކަށް އެ ކުންފުނިން ވަނީ މަޢާފަށް އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް