ބަންދާ ދިމާކޮށް މިމަހު 26ން ފެށިގެން މޯލްޑިވިއަންއިން އިތުރު ޑޮމެސްޓިކް ފްލައިޓުތައް ބާއްވަނީ

މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކަށް ބާރުބޮޑުވެ އިތުރު ޑޮމެސްޓިކް ފްލައިޓުތަކެއް ބާއްވަން ނިންމައިފި އެވެ. މޯލްޑިވިއަންއިން ބުނީ އިތުރު ޝެއިޑުލް ފްލައިޓުތައް ބާއްވަން ފަށާނީ މިމަހުގެ26 ވަނަ ދުވަހުން...

23 Jun 2022 | 15:49

މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކަށް ބާރުބޮޑުވެ އިތުރު ޑޮމެސްޓިކް ފްލައިޓުތަކެއް ބާއްވަން ނިންމައިފި އެވެ.

މޯލްޑިވިއަންއިން ބުނީ އިތުރު ޝެއިޑުލް ފްލައިޓުތައް ބާއްވަން ފަށާނީ މިމަހުގެ26 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އަދި އަންނަ މަހުގެ16 ވަނަ ދުވަހާއި ހިސާބަށް އިތުރު ކުރާ ދަތުރުުތައް ކުރާނެ ކަމަށް ބުންޏެވެ.

މިމަހު26 ވަނަ ދުވަހު ދެ ސަރަައްދަކަށް ކުރާ ދަތުރުތައް އިތުރު ކޮށްފައިވާ ގޮތުގެ ތަފްސީލް އެ އެއާލައިނުން މިހާރު ވަނީ އާންމުކޮށްފަ އެވެ.

އެގޮތުން މާލެ، ފުނަދޫ އަދި ހޯރަފުށި ރޫޓަށް ދަތުރު އިތުރުކޮށްފައިވެ އެވެ. އަދި މާލެ ތިމަރަފުށި، ކއްދޫ ރޫޓަށްވެސް އެ ދުވަހު ދަތުރު އިތުރު ކޮށްފައިވާނެ ކަމަށެ މޯލްޑިވިއަންއިން މައުލޫމާތުދެ އެވެ.

މޯލްޑިވިއަންއިން ވަނީ އަންނަ ބޮޑު އީދާއި ދިމާކޮށް ތައިލެންޑުގެ ވެރިރަށް ބެންކޮކާއި މެލޭޝިއާގެ ވެރިރަށް ކުއާލަލަންޕޫރަށް ހާއްސަ ދަތުރުތަކެއް ބޭއްވުމަށް ހަމަޖައްސާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް