ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް މާދަމާ ބައެއް ސަރަހައްދުތަކުން 10 ވަރަކަށް މިނެޓަށް ކަރަންޓު ކެނޑިދާނެކަމުގައި ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން މިހެން ބުނެފައިވަނީ ކަސްޓަމަރުންގެ ސަމާލުކަމަށް ނެރެފައިވާ ކުރު ނޯޓިހެއްގައެވެ.
އެ ނޯޓިސްގައި ސްޓެލްކޯއިން ބުނެފައިވަނީ މާދަމާ (ހުކުރު) ދުވަހުގެ ހެނދުނު 06:30 އިން 07:30 އާއި ދެމެދު ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ބައެއް ސަރަހައްދުތަކުން 10 މިނެޓަށް ކަަރަންޓގެ ހިދުމަތް މެދުކެނޑޭނެ ކަމަށެވެ.
"ހިދުމަތް އިތުރަށް ފުރިހަމަކުރުމުގެ ގޮތުން ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑްގައި ކޮންމެހެންވެސް ކުރަންޖެހޭ މަސައްކަތެއް" ސްޓެލްކޯއިން ބުނެފައިވެއެވެ.
10 ވަރަކަށް މިނެޓަށް ކަރަންޓު ކެނޑޭނެ ސަރަހައްދުތައް
- ހެނވޭރު ދަނޑު ހިމެނޭ ސަރަހައްދު
- ނަސަންދުރަ ހިމެނޭ ސަރަހައްދާއި، ކާނިވާ ސަރަހައްދު
- ގާކޮށި ފްލެޓާއި، އަރަބިއްޔާ ފްލެޓް ހިމެނޭ ސަރަހައްދު
- ގަޑިބުރު ސަރަހައްދާއި، މަޖީދީ މަގުގެ ފިނިޕާކު ހިމެނޭ ސަރަހައްދު
- މާފަންނު މަދަރުސާއާއި ދުނބުރި މިސްކިތް ހުންނަ ސަރަހައްދު
"ދިމާވާނެ ދަތިތަަކަށް އެންމެހާ ކަސްޓަމަރުންގެ ކިބައިން މާފަށް އެދެން" ސްޓެލްކޯއިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް