އިދިކޮޅު ޕީއެންސީގެ ސެކްރެޓަރީ ޖެނަރަލް (އެސްޖޭ) ގެ މަގާމަށް ކުރީގެ މަޖިލިސް މެންބަރު ޝިފާގު މުފީދު (ހިސްޓޯ) އައްޔަންކޮށްފިއެވެ.
ޕީއެންސީގެ އެސްޖޭގެ މަގާމަށް ޝިފާގު އައްޔަންކުރައްވާފައި ވަނީ ކުރިން އެ މަގާމުގައި ހުންނެވި ގީލާ އަލީ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
އެގޮތުން ޕީއެންސީގެ އެސްޖޭގެ މަގާމަށް ޝިފާގު އައްޔަންކުރައްވާފައި ވަނީ އެ ޕާޓީގެ ކައުންސިލްގެ އަގުލަބިއްޔަތުންނެވެ.
ޝިފާގު ސިޔާސީ މަސައްކަތް ފެއްޓެވީ އެމްޑީޕީންނެވެ.
އޭނާ ވަނީ އެމްޑީޕީ ޓިކެޓްގައި ފުވަމުލަކު ދެކުނު ދާއިރާގެ މަޖިލިސް މެންބަރުކަންވެސް ކުރައްވާފައެވެ.
މީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުކަމާއި ސްޓޭޓް މިނިސްޓަރު ކަމުގެ އިތުރުން ޖުމްހޫރީ ޕާޓީގެ މެންބަރުކަން ވެސް ޝިފާގު ވަނީ ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް