ދެ ކުނުގެ ދެ އަތޮޅަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓު ނެރެފި އެވެ.
އެލާޓު ނެރެފައިވަނީ ގއ. އަތޮޅާއި ގދ. އަތޮޅަށް އެކަންޏެވެ. އެ ތޮޅުތަކަށް އެލާޓ ނެރެފައިވަނީ ހަވީރު4:10 ން ރޭގަނޑު8:00 އަށެވެ.
މެޓް އޮފީހުން ބުނީ އެ ވަގުތުތަކުގައި ދެ އަތޮޅަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ.
އެހެންވެ މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
މިހާރު ރާއްޖޭގެ މޫސުން މާ ގޯސް ނޫންނަމަވެސް ކުރިޔަށް އޮތް ހަފްތާ އާއި މި ހަފްތާ ބަންދުގައި މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން އޮތީ ލަފާކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް