ވަގު ޑޮލަރުތަކެއް ވިއްކި ދެ ދިވެއްސަކު 28،000ރ. އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި ދެ މީހުންގެ މައްޗައް ދަޢުލަތުން އުފުލާފައިވާ ދަޢުވާގައި ބުނެފައި ވަނީ ޕާކިސްތާނު މީހަކަށް ސައްހަ ނޫން 800 ޑޮލަރު ދިނުމަށްފަހު 16.50 ގެ ރޭޓުން އެއަށް ވާ ދިވެހި ފައިސާ ހޯދާފައިވާ ކަމަށެވެ.
އެ ދެ މީހުން ދައުލަތާ އެކު ހެދި އިއުތިރާފްގެ އެއްބަސްވުމެއްގެ ދަށުން ކުށަށް އިއުތިރާފްވެފައި ވެއެވެ.
އެހެންކަމުން އެ ކުށުގެ އަދަބު ކަމުގައި ކަނޑައެޅިފައި ވަނީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމެވެ.
ނަމަވެސް އެ އަދަބު ޖޫރިމަނާއަކަށް ބަދަލުކުރަން އެ މީހުން ކޯޓުގައި އެދުމުން މިދިޔަ ހޯމަ ދުވަހު ކުރި ހުކުމުގައި ބުނީ އެ މީހުން 28،800ރ. އިން ޖޫރިމަނާ ކުރުމަށެވެ.
މީގެ އިތުރުން ދެ މަސް ތެރޭގައި އެ ފައިސާ ކޯޓަށް ދައްކަން އެ ހުކުމުގައި އަންގާފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް