މާފުށި ކައުންސިލުން ބޮޑު އީދު ހަރަކާތްތަކުގެ ސްޕޮންސަރުންނާއި ފަންނާނުންނާ އެކު ސޮއިކޮށްފި

ކ. މާފުށީގައި މިއަހަރު ބޮޑު އީދު ފާހަގަކުރުމަށް ރާވާފައިވާ ހަރަކާތްތަކުގެ ސްޕޮންސަރުންނާއި ޕާޓްނަރުންނާއި އީދު ކުޅިވަރުތަށް ހުށަހަޅައިދޭ ފަންނާނުންނާ އެކު ސޮއިކޮށްފިއެވެ. މާފުށީގެ އީދު ކުޅިވަރުތައް އެ...

23 Jun 2022 | 10:16

ކ. މާފުށީގައި މިއަހަރު ބޮޑު އީދު ފާހަގަކުރުމަށް ރާވާފައިވާ ހަރަކާތްތަކުގެ ސްޕޮންސަރުންނާއި ޕާޓްނަރުންނާއި އީދު ކުޅިވަރުތަށް ހުށަހަޅައިދޭ ފަންނާނުންނާ އެކު ސޮއިކޮށްފިއެވެ.

މާފުށީގެ އީދު ކުޅިވަރުތައް އެމްޑަބްލިޔުއެސްސީ، ދިރާގު، އޮފިޝަލް އިވެންޓްސް، އެރީނާ ހޮޓެލްސް، ދޮންމަނިކު ސްކައިވިއު، އަދި އެލިއާ އިންވެސްޓްމަންޓުން ސްޕޮންސާކޮށްފައިވާއިރު މި ކުޅިވަރުތަކުގެ ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައި ވަނީ ހޮޓެލް ޖެން، އައިކޮށް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، ޓްރައިޓަން ހޮޓެލްސް، ޝެޑޯޕާމް އަދި ބިރާގަން ސްޕޯޓްސް ކްލަބެވެ.

މާފުށީގައި ކުރިއަށް ގެންދަން ރާވާފާއިވާ ހަރަކާތްތަކާއި އީދު ޝޯ ހައްޖު ދުވަހުން ފެށިގެން އީދުގެ ތިން ދުވަހާއެކު ކުރިއަށްދާނެއެވެ.

އީދު ޝޯއާއި އީދުގެ ހުރިހާ ހަރަކާތެއް ނާއްޕެ ހުށަހަޅަން ހަަމޖެހިފައި ވާއިރު މި ޝޯގައި ފަންނާނުންގެ ގޮތުގެ ބައިވެރިވާނީ ސަފޫރާ އެންޑް ފްރެންޑްސް، ޓްރެފިކް ޖޭމް، ޔާރާ، ރޮބޯމޭން، ހަބޭސް ބޮޑުބެރު ގުރޫޕެވެ.

މީގެ އިތުރުން މި އަހަރުގެ ބޮޑުއީދުގައިވެސް މާފުށީގައި ހަވާ އަރުވަން ނިންމާފައިވާ އިރު، ވޯޓާޕާކެއްް ހެދުމަށްވެސް ވަނީ ނިންމައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް