ރާނީ އެލިޒަބަތުގެ އާ "ހެއާސްޓައިލް" ނުސީދާކޮށް ދައްކާލުން، ގިނަ ބަޔަކަށް ކަމުގޮސްފި!

މިމަހު ކުރީކޮޅު ރަނިކަމުގެ ތަހުތަށް 75 އަހަރު ފުރުނު އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދޭއްގެ އާ ހެއާސްޓައިލް ގިނަ ބަޔަކަށް ކަމު ގޮސްފި އެވެ. އާންމު ތަންތަނާއި ބައްދަލުވުންތަކަށް ވަޑައިގެންނަވާއިރު ރާ...

23 Jun 2022 | 10:15

މިމަހު ކުރީކޮޅު ރަނިކަމުގެ ތަހުތަށް 75 އަހަރު ފުރުނު އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދޭއްގެ އާ ހެއާސްޓައިލް ގިނަ ބަޔަކަށް ކަމު ގޮސްފި އެވެ.

އާންމު ތަންތަނާއި ބައްދަލުވުންތަކަށް ވަޑައިގެންނަވާއިރު ރާނީ އެލިޒަބަތު ހުންނަވަނީ އަބަދުވެސް ޝާހީ ތޮފި އަޅުއްވައިގެންނެވެ.

މިމަހު ކުރީކޮޅު ބޭއްވި ރަނިކަމަށް 75 އަހަރު ފުރުމުގެ ހަފްލާއަށް އިސްތަށީގަނޑު ކުރުކޮށް ކޮށާލާފައި ހުރިކަން ފޮޓޯތަކުންނާއި ވީޑިއޯތަކުން ހާމަ ވިނަމަވެސް އެ ހަފްލާތަކުގައި ތޮފި އަޅަައިގެން ހުންނެވުން އާ ހެއާސްޓައިލް ރަނގަޅަށް ފެނިފައެއް ނުވެ އެވެ.

އެކަމަކު މިހާރު އެ ވާހަކަ ދައްކަން ފެށިފައިވަނީ އަމިއްލަފުޅު ހެއާ ސްޓައިލް ދައްކަން ރާނީ މަސައްކަތް ކުރެއްވުމުންނެވެ.

ރިޕޯޓުތައް ބުނާގޮތުގައި މި ހަފްތާ ތެރޭގައި އޮތް ދީނީ މީހަކާއި ބައްދަލު ކުރުމުގެ ރަސްމިއްޔާތަށް ރާނީ އެލިޒަބަތު ވަޑައިގެންނެވީ ތޮފި ނާޅުއްވަ އެވެ. ބޭނުމަކީ އާންމުންނަށް އެކަމަނާގެ ހެއާ ސްޓައިލް ދައްކާލުން ކަމަށް ގިނަ ބަޔަކު ދަނީ ގަބޫލު ކުރަމުންނެވެ.

ރާނީގެ އާ ހެއާ ސްޓައިލާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ގިނަ މީހުން ބުނެފައިވަނީ އިސްތަށިގަނޑު ކުރުކޮށް ކޮށާލުމުން އެކަމަނާ އާއި ގުޅޭ ކަމަށެވެ. އަދި މިހާރުގެ ހެއާސްޓައިލް ވަރަށް ރީތި ކަމަށް ބުނެފައިވެ އެވެ.

އަނެއް ބަޔަކު ވަނީ އުމުރުން9 6 އަހަރުފުޅުގައިވެސް ސްޓައިލަށް ލޯބި ކުރައްވާތީ ތައުރީފު ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް