ރޯޑްވާދިނަސް ހައްދައިދިނުމުގައި ބައެއް ގަރާޖްތަކުން ކަނޑައަޅާފައިވާ އުސޫލުތަކާއި މިންގަނޑުތަކަށް އެންމެ އެދެވޭގޮތުގައި ނުބަލާކަން ފާހަގަކުރެވިފައިވާކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
އެ ކަމަނާ މިހެން ވިދާޅުވީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިޙާނާއި ތަމްރީން ހިންގުމުގެ މަސައްކަތްތައް މޯލްޑިވްސް ޕޮލިޓެކްނިކުން ކުރިއަށްގެންދާގޮތަށް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައެވެ.
އެގޮތުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނާއި، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނާއި ދެމެދު ގާއިމްކުރި މި އެއްބަސްވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޢާއިޝަތު ނަހުލާއެވެ.
އަދި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އިބްރާހީމް ޙަސަނެވެ.
މިނިސްޓަރ ނަހުލާ ވިދާޅުވީ، މާލޭ ސަރަޙައްދުގައި ރޯޑް ވާދިނަސް ހަދާ ގަރާޖުތަކުގައި މަސައްކަތްކުރާ ދިވެހިންނަކީ މިކަމުގެ ތަމްރީން ލިބިފައިވާ ބަޔަކަށް ހެދުމަކީ މި އެއްބަސްވުމުގެ އަމާޒެއްކަމަށް ކަމަށެވެ.
މީގެ އިތުރުން ލައިންސަންސް ދިނުމުގެ މަސައްކަތް ޕޮލިޓެކްނީކާއި ހަވާލުކުރުމަކީ ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތަކަށް ލިބުނު ބޮޑު އެހީތެރިކަމެއްކަމަށް އެ ކަަމަނާ ފާހަގަކުރައްވާފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް