ޔޯގާ މައްސަލައިގާ މަހްލޫފަށް ގަދަފަދަ އިންޒާރެއް ދީފި !

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފަށް ގަދަފަދަ އިންޒާރެއް ދީފިއެވެ. ޔޯގާ މައްސަަލައިގާ މީހަކު މަހްލޫފަށް އިންޒާރު ދީފައިވަނީ މެސެޖުކޮށްގެންނެވެެ. އެ މެސެޖުގައި ބުނެފައިވަނީ މިއީ މަހްލޫފަށް ދޭ ގަދަފަދަ އ...

23 Jun 2022 | 05:43

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފަށް ގަދަފަދަ އިންޒާރެއް ދީފިއެވެ.

ޔޯގާ މައްސަަލައިގާ މީހަކު މަހްލޫފަށް އިންޒާރު ދީފައިވަނީ މެސެޖުކޮށްގެންނެވެެ.

އެ މެސެޖުގައި ބުނެފައިވަނީ މިއީ މަހްލޫފަށް ދޭ ގަދަފަދަ އިންޒާރެއް ކަމަށާއި މަހްލޫފަކީ އިންޑިއާގެ ޕަޕެޓެއް ކަމަށެވެ. ޔޯގާ ހަލާލު ކުރަން އުޅުމަކީ ބާތިލު ފިކުރެެއް ކަމަށެވެ.

https://twitter.com/AhmedMahloof/status/1539827431988596736

"ކަލޭ އަތުޖެހުން ނަމަ ނޮޅާލީމުސް، މިއަދުވެސް ކަލޭ ދުވެ ފިލީ" އެ މެސެޖުގައި ބުނެފައިވެއެވެ.

އެ މެސެޖު ކުރި މީހެއްގެ އަޚަކަށް ނުވަތަ ޖަމިއްޔާއަކަށް ފިޔަވަޅު އަޅައިފިނަމަ މަހްލޫފާއި މަހްލޫފްގެ އާއިލާގެ ޒަމާން ދުއްވާލާނެކަމަށް ބުނެފައިވއެވެ. އަދި މިނިސްޓަރު ކަމުގައި އަބަދު ނުހުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މި މެސެޖުތަކާއި ގުޅިގެން މަހްލޫފް ވިދާޅުވެފައިވަނީ ކޮހެއްގެ އަތުން މަރުވެއްޖެއްޔާ އޭނާ ވާނީ ޝަހީދަކަށް ކަމަށާއި މިނިސްޓަރު ކަމަކީ މާ ގަދަ ކަމެއްކަމަށް ތިމާއަށް ގަބޫލުކުރެވުނަސް މަގާމަކީ އޭނާއަށް އެސްވެސް މުހިއްމު ކަމެއް ނޫން ކަމަށެވެ. އަދި ބިރު ދައްކައިގެން ނަތީޖާއެއް ހާސިލުނުވާނެ ކަމަށްވެސް މަހްލޫފް ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް