ކުރީގެ މަޖިލީސް މެމްބަރުންނަށް އިނާޔަތް ދިނުން ހުއްޓާލަން ބިލެއް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުންނަށް އިނާޔަތް ދިނުން ހުއްޓާލަން ބިލެއް ހުށަހަޅައިފި އެވެ. މި ބިލް މަޖިލީހަށް ހުށަހެޅުއްވީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން ވިލިމާލޭ ދާއިރާގެ މ...

23 Jun 2022 | 05:43

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުންނަށް އިނާޔަތް ދިނުން ހުއްޓާލަން ބިލެއް ހުށަހަޅައިފި އެވެ.

މި ބިލް މަޖިލީހަށް ހުށަހެޅުއްވީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އެވެ. އޭނާ ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ އަށް ވަނަ މާއްދާ އުނިކުރުމަށެވެ.

އުޝާމް ހުށަހަޅުއްވާ އިސްލާހުގައި ބުނެފައިވަނީ  ދައުލަތަށް ވިހިތިރީސް އަހަރުގެ ހިދުމަތް ކޮށްދީފައިވާ ފަރާތްތަކަށް ލިބޭ އިނާޔަތްތަކާ ނުބައްދަލު އިނާޔަތެއް އެންމެ ފަސް އަހަރުގެ ދައުރެއް ފުރިހަމަކޮށްފައިވާ މީހަކަށް ދިނުން އިންސާފުވެރި ކަމަކަށް އެ ޕާޓީން ނުދެކޭ ކަމަށެވެ.

އަދި ރައްޔިތުންގެ މަޖިލީހަކީ މެމްބަރުންގެ އަމިއްލަ މަންފާއަށް މަސައްކަތްކުރުމަށް ނުވަތަ އަމިއްލަ މަސްލަހަތަށް ވުރެ ބޮޑަށް ރައްޔިތުންގެ އިހުސާސްތަކާއި އެއްގޮތަށް ކަންކަން ނިންމަން ޖެހޭ ތަނެއް ކަމަށް ދެކޭ ކަމަށް ބުނެފައިވެ އެވެ.

މިހާރު އިންތިޔާތުތަކާއި ބާރުތަކުގެ ގާނޫނުގެ އަށް ވަނަ މާއްދާގައި ބުނެފައިވާ ގޮތުން މަޖިލީހުގެ ދައުރެއް ފުރިހަމަކޮށްފައިވާ މެމްބަރަކަށް އުމުރުން 55 އަހަރުވުމުން މާލީ އިނާޔަތެއްގެ ގޮތުގައި މަޖިލިސް މެމްބަރެއްގެ މުސާރައިގެ 30 ޕަސެންޓު ދައުލަތުން ދޭންޖެހެ އެވެ.

އެ މާއްދާގައި ބުނެފައިވަނީ މަޖިލިސް މެމްބަރުންނަށް އޮންނަ ފަދަ ހެލްތު އިންޝޫރަންސް ސްކީމެއްގެ ދަށުން ބޭސްފަރުވާ ކޮށްދޭން ޖެހޭނެ އެވެ. އަދި އޮފިޝަލް ޕާސްޕޯޓު ވެސް ހަމަޖައްސައިދޭން ޖެހެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް