ޕްރިމިއާ ލީގުގެ ބޮޑެތި ކުލަބުތަކުން ރުއިސް އަށް ފާރަލަނީ

އިޓަލީގެ ނަޕޮލީއަށް ކުޅެމުން އަންނަ އުރުމުން 26 އަހަރުގެ ސްޕެއިން މިޑްފީލްޑަރ ފަބިއަން ރުއިސް ހޯދުމަށް އިނގިރޭސި ބޮޑެތި ކުލަބުތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ. ސ...

23 Jun 2022 | 04:52

އިޓަލީގެ ނަޕޮލީއަށް ކުޅެމުން އަންނަ އުރުމުން 26 އަހަރުގެ ސްޕެއިން މިޑްފީލްޑަރ ފަބިއަން ރުއިސް ހޯދުމަށް އިނގިރޭސި ބޮޑެތި ކުލަބުތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

ސްޕެއިންގެ ގައުމީޓީމުގައި ވެސް ހިމެނިގެން ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ރުއިސް ހޯދުމަށް އިނގިރޭސި ކުލަބުތަކުން މަސައްކަތް ކުރަމުން އަންނައިރު، އޭނާގެ މިހާރުގެ ކުލަބު ނަޕޮލީން ވަނީ ރުއިސް ވިއްކާ އަގުވެސް ހާމަކޮށްފައިކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން ކޮންމެ ކުލަބަކުން ވިޔަސް ރުއިސް ގެންދަން ބޭނުން ނަމަ މަދުވެގެން 27 މިލިއަން ޕައުންޑަުގެ އަގެއް ނަޕޮލީއަށްް ދައްކަން ޖެހޭނެ ކަމަށް އެ ކުލަބުން ބުނެފައިވާ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

2018 ވަނަ އަހަރު އެލްޗޭއިން އިޓަލީގެ ނަޕޮލީއަށް ބަދަލުވި ރުއިސް ހޯދުމަށް މެންޗެސްޓަރ ސިޓީ، އާސެނަލް އަދި މެންޗެސްޓަރ ޔުނައިޓެޑުގެ އިތުރުން ނިއުކާސަލް ޔުނައިޓެޑުން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އިޓަލީގެ މީޑިއާ ރިޕޯޓުތަކުން ބުނެއެވެ. އަދި މީގެ ތެރެއިން ރުއިސް ބަދަލުވުން އެންމެ ގާތީ މެންޗެސްޓަރ ސިޓީއަށް ކަމަށް ވެސް މި ރިޕޯޓުގައި ވަނީ ބުނެފައެވެ.

ނަޕޮލީގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ރުއިސް މިހާތަނަށް ހަތަރު ސީޒަނެއް ނަޕޮލީގައި ހޭދަކޮށްފައިވާއިރު، އޭނާ ވަނީ ނިމިގެން ދިޔަ ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. މިހާތަނަށް ނަޕޮލީއަށް ކުޅެދިން 166 މެޗުގައި އޭނާ ވަނީ ހަތް ގޯލް ކާމިޔާބު ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް