ދުވާފަރު މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ 93 ޕަސެންޓް ނިމިއްޖެ

ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 93 ޕަސެންޓް ނިމިފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ. އެމްޓީސީސީން މިއަދު ބުނީ ދުވާފަރު މަގުހެދުމުގެ މަޝްރޫޢުގެ ދަށުން ...

23 Jun 2022 | 04:49

ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 93 ޕަސެންޓް ނިމިފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ ދުވާފަރު މަގުހެދުމުގެ މަޝްރޫޢުގެ ދަށުން ތާރު އެޅުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައި ކަަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 17،790 އަކަ މީޓަރުގެ ދިގު މިނުގެ 9 މަގެއް ހެދުމާއި، 6923 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި 17,790 އަކަ މީޓަރުގެ  ދުއްވާ ސަރަޙައްދެއް ޤާއިމުކުރުން ހިމެނެއެވެ.

މީގެ އިތުރުން ފެންހިންދާ ނިޒާމެއްް ޤާއިމުކުރުމާއި، މަގު ބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް މި މަޝްރޫޢުގައި ހިމެނޭ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

މި މަޝްރޫޢަކީ 37.8 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް