މަސްވެރިކަން ކުރަން ނުކުމެ އުޅުނު މީހެއްގެ ލޮލަށް ބުޅިއެއް ހެރިގެން ފަރުވާދޭން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ، މަސްވެރިކަމުގައި އުޅުނު "ސީ ހޯސް 3" ނަމަކަށް ކިޔާ ދޯނީގައި ހުރި 62 އަހަރުގެ މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
މީގެ އިތުރުން އެމްއެންޑީއެފުން ބުނީ ކޯސްޓްގާޑުގެ އެހީތެރިކަމާއެކު ލ.ގަން ރީޖަނަލް ހޮސްޕިޓަލަށް ރޭ 21:59 ހާއިރު އޭނާ ގެންގޮސްދީފައިވާ ކަމަށެވެ.
އަދި މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ ރޭ 19:34 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް