ޝައިޚް ނިޝާނާއި ފަޒްލޫންގެ ދަރުސް ދިނުމުގެ ހުއްދަ ހިފަހައްޓައިފި

އައްޝެއިހު އާދަމް ނިޝާން އާއި އައްޝެއިހު ފަޟްލޫން މުހައްމަދަށް ދީފައިވާ ދީނީ ދަރުސް ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަގުތީ ގޮތުން ހިފަހައްޓައިފި އެވެ. މިކަން ހާމަކުރައްވާ އިންސާމިކް މިނިސްޓްރީ...

22 Jun 2022 | 20:48

އައްޝެއިހު އާދަމް ނިޝާން އާއި އައްޝެއިހު ފަޟްލޫން މުހައްމަދަށް ދީފައިވާ ދީނީ ދަރުސް ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަގުތީ ގޮތުން ހިފަހައްޓައިފި އެވެ.

މިކަން ހާމަކުރައްވާ އިންސާމިކް މިނިސްޓްރީން ރޭ ނެރެ އާންމުކުރި ބަޔާނުގައި ބުނެފައިވަނީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަ ކަން ހިމާޔަތް ކުރުމުގެ ޤާނޫނާއި އެކަމަށް ހެދިފައިވާ ޤަވާއިދުގެ ދަށުން ދިވެރިރާއްޖޭގައި ދީނީ ތަޤުރީރު ކުރުމާއި ވަޢުޡު ބުނުމާއި ދީނީ އިރުޝާދު ދިނުމަށް މިނިސްޓްރީން ދީފައިވާ ދެ ހުއްދައެއް ވަގުތީ ގޮތުން ހުފެހެއްޓިފައިވާ ކަން އަންގާ އިޢުލާން ކުރާ ކަމަށެވެ.

ބަޔާނުގައި ވާގޮތުން އައްޝައިޚް ފަޟްލޫންއާއި އައްޝައިޛް އާދަމް ނިޝާންގެ ހުއްދަ ހިފަހައްޓާފައިވަނީ މިމަހުގެ 21 ވަނަ ދުވަހު ގަލޮޑު ދަނޑުގައި ހިންގުނު ހަރަކާތައް އަމާޒުކޮށް ފުލުހުންގެ ސަފުތައް ފޫއަޅުޥަލައި ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ، ދައުލަތުގެ މުދަލަށް ގެއްލުންދީ، ދައުލަތުގެ ވަޒީރުންނާއި އިއްޒަތްތެރިން އަދި އެކުވެރި ދައުލަތްތަކާއި ބައިނަލްއަޤުވާމީ ޖަމާޢަތްތަކުގެ ޑިޕްލޮމެޓުންނާއި މަންދޫބުންނަށް ހަމަލާދީ ހަމަނުޖެހުން ހިނގި އެއްވުމަށް ދަޢުވަތުދީ އެ އެއްވުމުގައި އިސްކޮށް ހަރަކާތްތެރި ވެފައި ވާތީ އެ ދެ މީހުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގާކަން ފުލުހުން އަންގާފައިވާތީ ކަމަށެވެ.

ޝެއިހް ނިޝާން އާއި ފަޒްލޫނު އާއި ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލާއި އެ ޕާޓީގެ އެކްޓިވިސްޓު އިބްރާހިމް ރައްޒާން (ތަކަނޭ) ހިމެނޭ ގޮތަށް ފުލުހުން ވަނީ ހަ މީހަކު ހައްޔަރުކޮށްފަ އެވެ.

އަދި މި ހަމަ ނުޖެހުމާ ގުޅިގެން ފުލުހުން ހައްޔަރު ކުރި ހަ މީހުންގެ ތަހުގީގަށް ވަނީ ބަންދުގެ މުއްދަތު ކޯޓުން ޖަހައިދީފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް