މާލެއާއި އަތޮޅުތެރެއިން ވެސް މިއަދު ކޮވިޑްގެ އަދަދުތައް 100 އަށްވުރެ ދަށް

މާލެއާއި އަތޮޅުތެރެއިން ވެސް މިއަދު ކޮވިޑްގެ އަދަދުތައް 100 އަށްވުރެ ދަށް ކަމަށް އެޗްޕީއޭއިން ބުނެފިއެވެ. މިއަދު ރާއްޖެއިން ކޮވިޑަށް ފައްސިވެފައި ވަނީ 172 މީހުންނެވެ. އެޗްޕީއޭއިން ބުނީ އޭގެ ތެރެއިން މ...

23 Jun 2021 | 17:03

މާލެއާއި އަތޮޅުތެރެއިން ވެސް މިއަދު ކޮވިޑްގެ އަދަދުތައް 100 އަށްވުރެ ދަށް ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

މިއަދު ރާއްޖެއިން ކޮވިޑަށް ފައްސިވެފައި ވަނީ 172 މީހުންނެވެ.

އެޗްޕީއޭއިން ބުނީ އޭގެ ތެރެއިން މާލެއިން ޕޮސިޓިވްވެފައިވަނީ 66 މީހުން ކަމަށެވެ. އަދި އަތޮޅު ތެރެއިން ފައްސިވެފައިވަނީ 96 މީހުން ކަމަށެވެ. މީގެ އިތުރުން ރެސޯޓްތަކުން ފައްސިވެފައި ވަނީ 10 މީހުންނެވެ.

މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 4،523 ސާމްޕަލެވެ.

މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 4،362 މީހުންނަށެވެ. އޭގެ ތެރެއިން 41 މީހުުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވެފައިވަނީ 67،886 މީހުންނެވެ.

ކޮވިޑްގައި މިއަދު ރާއްޖެއިން އެއްވެސް މީހަކު ނިޔާވެފައި ނުވާއިރު، މިހާތަނަށް ރާއްޖެއިން ކޯވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 207 އަށް އަރާފައެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 72،466 މީހުން ފައްސިވެފައިވެ އެވެ.

https://twitter.com/HPA_MV/status/1407745277566455810

ތަފްސީލު އަންނަނީ..

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް