ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ފަރާތްތަކަށް އެކްސްޓްރާ ޒެނެކާގެ ދެވަނަ ޑޯޒް ޖެހޭނެ އެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުން ހޭލުންތެރި ކުރުމަށް ކުރިއަށް ގެންދާ ސުވާލާއި ޖަވާބުގައި ބުނެފައި ވަނީ، ކޮވިޝީލްޑް އަދި އެސްޓްރާ ޒެނެކާ ވެކްސިނަކީ، އެސްޓްރާ ސެނެކާ ކުންފުންޏާއި އޮކްސްފޯޑް ޔުނިވަރސިޓީއިން ތައްޔާރު ކޮށްފައިވާ ފޯމިއުލާ އަކުން ހަފާދައިވާ ދެ ވެކްސިން ކަމަށެވެ.
އަދި އެ ދެ ވެކްސިންގެ، އެއް ވެކްސިންގެ ބަދަލުގައި އަނެއް ވެކްސިން ބޭނުން ކުރެވޭނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައި ވާ ކަމަށް އެޗްއީއޯސީއިން ބުނެއެވެ.
ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިތާ 12 ހަފްތާ ވެފައި ވާނަމަ، ވެކްސިން ޖެހުން އަލުން ފަށަން ޖެހޭނެތޯ މީހުން އުފައްދާ ސުވާލުގެ ޖަވާބަކަށް އެޗްޕީއޭއިން ބުނެފައި ވަނީ، ވެކްސިންގެ ދެވަނަ ޑޯޒް8 ހަފްތާއާއި12 ހަފްތާގެ މުއްދަތުގެ ތެރޭގައި ނުޖެހުނު ކަމުގައި ވިޔަސް، ވެކްސިން ޖެހުން އަލުން ފަށާކަށް ނުޖެހޭނެ ކަމަށެވެ.
ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި، ކޮވިޝީލްޑުގެ ފުރަތަމަ ޑޯޒު ޖެހިތާ6 މަސް ދުވަސް ތެރޭ ދެވަނަ ޑޯޒު ޖެހުމުންވެސް ދިފާޢީ ނިޒާމު ކޮވިޑް-19 ވައިރަސްއާއި ދެކޮޅަށް މަސައްކަތް ކުރާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އަދި ކޮވިޑަށް ފައްސިވެފައިވާ މީހެއްކެ ޑައިރެކްޓް ކޮންޓެކްޓެއް ނަމަ،14 ދުވަސް ކަރަންޓީން ވާން ޖެހޭނެ ކަމަށާއި ކަރަންޓީން މުއްދަތު ހަމަވުމުން ޓެސްޓުގެ ނަތީޖާ ނައްސިވެއްޖެ ނަމަ ވެކްސިން ޖެހޭނެ ކަމަށެވެ.
ނަމަވެސް ކަރަންޓީން މުއްދަތު ނިންމުމަށް ނަގާ ޓެސްޓުން ފައްސިވެއްޖެ ނަމަ، ބަލީގެ އަލާމާތްތައް ފެންނަން ފެށިތާ ނުވަތަ ސާމްޕަލް ނެގިތާ28 ދުވަސް ހަމަވުމުން ވެކްސިން ޖެހޭނެކަމަށް އެޗްޕީއޭއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް