ޒުވާން ފަޅުވެރިއަކަށް ކުއްލި ސިއްހީ މައްސަލައެއް ދިމާވެގެން އެމްއެންޑީއެފް އިން އެހީތެރިވެދޭން ފަށާފައި ވާކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
ކުއްލި ސިއްހީ މައްސަލައެއް ދިމާވެފައި ވަނީ37 އަހަރުގެ ދިވެހި ފަޅުވެރިއަކަށެވެ.
އެމްއެންޑީއެފް އިން ބުނީ، ތ. ދިޔަމިގިލީގެ 25 ނޯޓިކަލް މޭރު ބޭރުން މަސްވެރިކަން ކުރަން އުޅުނު 'ނިއުމަތް' ދޯނީގެ ފަޅުވެރިއަކަށް ކުއްލި ސިއްހީ މައްސަލައެއް ދިމާވެގެން އެމްއެންޑީއެފް ސެންޓްރަލް އޭއިރާ ކޯސްޓްގާޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތްތެރި ވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
https://twitter.com/MNDF_Official/status/1407682107455926277
މިކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު14:23 ގައިކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް