ކޮއްކޯފުޅުގެ ޖަނާޒާއަށް ފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ރާއްޖެ ވަޑައިގެންފިއެވެ.
ރައީސްގެ ދެ ކަނދަލުން ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީއިން އަށް ވަޑައިގތަީ، އެމަނިކުފާނުގެ އެއްބަނޑުއެއްބަފާ ކޮއްކޯފުޅު އަހުމަދު އިބްރާހިމް މުހައްމަދު ސޯލިހު (އަހުމަދުބެ) އަވަހާރަވުމުން ޖަނާޒާގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. އަހުމަދުބެ އަވަހާރަވީ ކެންސަރު ބައްޔަށް ދުބާއީގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
ރައީސްގެ ނުރަސްމީ ދަތުރުފުޅު ނިންމަވާލައްވައި، މިއަދު ހަވީރު މާލެ ވަޑައިގެންފިކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. އެމަނިކުފާނު ދުބާއީއަށް ފުރާވަޑައިގަތީ މި މަހުގެ21 ވަނަ ދުވަހުއެވެ.
ރައީސް ސޯލިހުގެ އެއްބަނޑު އެއްބަފާ 12 ބޭފުޅުން ތިއްބަވަ އެވެ.
އަހުމަދަކީ ރައީސް ސޯލިހުގެ އާއިލާގައި ތިއްބަވާ ލޯ ފަން ހަތަރު ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެވެ. ލޯފަން ހަތަރު ބޭފުޅުންގެ ތެރެއިން ތިން ބޭފުޅުންނަކީ ހާފިޒުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަހްމަދުބެ ވެސް ހާފިޒު ކަމުގެ ކޯސް ފުރިހަމަ ކުރެއްވުމަށް މަސައްކަތް ކުރެއްވިއެވެ. އެކަމަކު ސިއްހީ މައްސަލަތަކާއި ގުޅިގެން ކޯސް ކުރިޔަށް ނުގެންދެވުނީ ކަމަށްވެ އެވެ.
ރައީސް ސޯލިހުގެ ކޮއްކޯފުޅު އަވަހާރަ ވުމުން ގިނަ ބަޔަކު އެމަނިކުފާނަށް ތައުޒިޔާ ދަންނަވާފައި ވެއެވެ. އޭގެ ތެރޭގައި އިދިކޮޅު ފަރާތްތަކާއި އާންމުންނާއި ސަރުކާރުގެ އިސްވެރިން ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް