ވިޔަފާރިތަކަށް ޚާއްސަކޮށްގެން ސަރުކާރުން ދެ ލޯނެއް ތަޢާރަފް ކޮށްފިއެވެ. މިއީ "ކޯވިޑް-19 ރިކަވަރީ އިކޮނޮމިކް ސްޓިމިއުލަސް ސްކީމް"ގެ ދަށުން ތަޢާރަފް ކޮށްފައިވާ ދެ ލޯނެވެ.
ސަރުކާރުން އަލަށް ތަޢާރަފް ކޮށްފައިވާ ދެ ލޯނަކީ އިކޮނޮމިކް ސަސްޓެއިނަބަލް ލޯނާއި އިކޮނޮމިކް ސްޓިމިއުލަސް ލޯނެވެ.
މިނިސްޓްރީ އޮފް ފިނޭންސް އަދި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން ތަޢާރަފް ކޮށްފައިވާ މި ލޯނަކީ ކޮވިޑް-19އާ ގުޅިގެން ވިޔަފާރިތަކަށް މާލީގޮތުން ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ތަޢާރަފް ކުރެވުނު ލޯނެއްކަމަށް ސަރުކާރުން ބުނެއެވެ.
ލޯނާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވީ، ކެފޭ، ސެލޫން އަދި ރެސްޓޯރެންޓްތައް ހިމެނޭހެން، މިހާރު ހުރި ވިޔަފާރިތައް ކުރިއަށް ގެންދިނުމަށް އިސްކަމެއް ދެއްވާނެ ކަމަށެވެ.
މި ލޯނުގެ ދަށުން 375 މިލިއަން ރުފިޔާ ދޫކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވިއެވެ. އަދި މިއީ ގްރޭސްޕީރިއަޑް ބޮޑު، އިންޓްރަސްޓް ރޭޓް ކުޑަ ލޯނެއްކަމަށް އަމީރު ވިދާޅުވިއެވެ.
ކޮވިޑް-19 ސަސްޓެއިނެބަލް ސްޓިމިއުލަސް ލޯނުގެ ގޮތުގައި1 މިލިއަން ރުފިޔާއާ ހަމައަށް ދޫކުރަން ހަމަޖެހިފައި ވާއިރު، މި ލޯނު އަނބުރާ ދެއްކުމަށް ފަސް އަހަރާ އަށް އަހަރާ ދެމެދުގެ މުއްދަތެއް ލިބޭނެއެވެ. ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކޮށްފައިވާ މި ލޯނު ކެފޭ، ރެސްޓޯރަންޓްގެ އިތުރުން ޖިމާއި ސެލޫން އަދި ގެސްޓްހައުސް ވިޔަފާރި މިހާރު ހިންގަމުންދާ ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައި ވެއެވެ.
ކޮވިޑް-19 އިކޮނޮމިކް ސްޓިމިއުލަސް ލޯން ގެ ދަށުން، ކޮންމެ ފަރާތަކަށް ގިނަވެގެން 10 މިލިއަން ރުފިޔާއެވެ.%6 އިންޓްރަސްޓް ހިމެނޭ މި ލޯން އަނބުރާ ދެއްކުމަށް 4 އަހަރު ލިބޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް