މަޖިލީހުގެ އިންކުއަރީ ރިޕޯޓު ފުރިހަމަކުރެވޭ ވަރަށް މައުލޫމާތު ލިބިއްޖެ: އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދެމުންގެންދާ ސަލާމަތާއި ރައްކާތެރިކަން ބަލިކަށި ވިގޮތް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށްގެންދާ ޕާލަމެންޓަރީ އިންކުއައިރީގެ ރިޕޯޓ...

23 Jun 2021 | 10:00

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދެމުންގެންދާ ސަލާމަތާއި ރައްކާތެރިކަން ބަލިކަށި ވިގޮތް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށްގެންދާ ޕާލަމެންޓަރީ އިންކުއައިރީގެ ރިޕޯޓު ފުރިހަމަކުރެވޭ ވަރަށް މަޢުލޫމާތު އެއްކުރެވިފައިވާކަމަށް މުޤައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާލުވީ، މިހާތަނަށް އިންކުއަރީގެ މަސައްކަތްތައް ގޮސްފައިވާ ހިސާބާ ގުޅޭގޮތުން ބާއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ނޫސްވެރިންނަށް މާއުލޫމާތުދެއްވަމުން އަސްލަމް ވިދާޅުވީ އިންކުއަރީއަށް މިހާތަނަށް ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައިވަނީ ކަމާގުޅުހުންހުރި މުއައްސަސާތަކުގެ މަސްޢޫލުވެރިންކަމަށެވެ. އެގޮތުން ސިފައިންގެ އިސްވެރިން ހިމެނޭހެން ޖުމްލަ 32 އޮފިސަރަކާއި އިންކުއަރީގައި ސުވާލުކޮށްފައިވާކަމަށާއި، އޭގެ ތެރެއިން ސިފައިންގެ އިސްވެރިން ހިމެނޭހެން ބައެއް އޮފިސަރުންނާއި ދެފަހަރަށް ސުވާލުކޮށްފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ. މީގެ އިތުރުން ފުލުހުންގެ ޚިދުމަތުން ފަސް ފަރާތަކާއި، ޑިފެންސް މިނިސްޓަރާއި، ހޯމް މިނިސްޓަރު އަދި ޕްލޭންނިން މިނިސްޓަރާއި ގަވަރަނަރު ހިމެނޭހެން އެމްއެމްއޭގެ އިސްފަރާތްތަކާއި ބައްދަލުކޮށްފައިވާކަން އަސްލަމް ފާހަގަކުރެއްވިއެވެ.

އިންކުއަރީއަށް 241 ކޮމިޓީން ދެން ބައްދަލުކުރާނީ ރައީސް ނަޝީދަށް ދިން ހަމަލާއާގުޅިގެން އެމަނިކުފާނަށް ފަރުވާދިން އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި މިމައްސަލައިގެ ތަޙުޤީގު ހިނގާ ނުހިނގާގޮތް ބެލުމަށް ރައީސުލްޖުމްހޫރިިއްޔާ ޚާއްސަ މަންދޫބް، އައްބާސް ފާއިޒްއާ ކޮމިޓީން މިއަދު ބައްދަލުކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

މިއިންކުއަރީއަށް މުހިއްމު ގިނަ މަޢުލޫމާތުތަކެއް ލިބިފައިވާކަމަށާއި، އޭގެތެރޭގައި ޤައުމީ ސަލާމަތާއި ރައްކާތެރިކަމާއި ގުޅުހުންހުރި މައުލޫމާތެއް ވާ ނަމަ އެކަން ރައީސުލްޖުމްހޫރިއްޔާއާއި، މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރާއި ހިއްސާކުރުމަށް މަޝްވަރާކުރަމުންދާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް