5 ލައްކައާ ގާތްކުރާ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފި

މި މަހުގެ 21 ވަނަ ދުވަހާ ހަމައަށް، 500،000 (ފަސް ލައްކަ)އާ ގާތްކުރާ އަދަދެއްގެ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ. ތަފާސްހިސާބުތައް...

23 Jun 2021 | 08:56

މި މަހުގެ 21 ވަނަ ދުވަހާ ހަމައަށް، 500،000 (ފަސް ލައްކަ)އާ ގާތްކުރާ އަދަދެއްގެ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މި ހިނގާ ޖޫން މަހުގެ ފުރަތަމަ 21 ދުވަހު 38,966 ފަތުރުވެރިން ވަނީ ރާއްޖެޒިޔާރަތްކޮށްފައެވެ. އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޖޫން މަހުގެ 20 ވަނަ ދުވަހުއެވެ. ޖޫން 20 ވަނަ ދުވަހު ރާއްޖެ ޒިޔާރަތްކޮށްފައި ވަނީ 2،519 ފަތުރުވެރިންނެވެ.

މިއަހަރުގެ ފުރަތަމަ 5މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދުތަކަށް ބަލާއިރު، ޖެނުއަރީ މަހު 92,103 ފަތުރުވެރިން، ފެބްރުއަރީ މަހު 96,882 ފަތުރުވެރިން، މާޗް މަހު 109,585 ފަތުރުވެރިން، އޭޕްރިލް މަހު 91,200 ފަތުރުވެރިން އަދި މެއި މަހު 64,613 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައީ ރަޝިއާއިންނެވެ. ދެން އިންޑިއާއި، ޖަރުމަން، ޔޫކްރެއިން، ކަޒަކިސްތާން، އެމެރިކާ، އިނގިރޭސިވިލާތް އަދި ރޫމޭނިއާ އާއި ފްރާންސްގެ އިތުރުން ޗެކް ރިޕަބްލިކުންނެވެ.

އަހަރުގެ މިހާތަނަށް 493,349 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިއީ 2020 ވަނަ އަހަރާ އަޅައިބަލާއިރު 28.9 އިންސައްތައިގެ ކުރިއެރުމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް