މިނިސްޓަރު ނަހުލާ ޖޫރި މަނާ ކުރި ކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއް!

ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝިއަން މިނިސްޓަރ އައިޝަތު ނަހުލާ ޖޫރި މަނާ ކުރި ކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއް ކަމަށް އެ ކަމަނާ ވިދާޅުވެއްޖެއެވެ. މިނިސްޓަރ އައިޝަތު ނަހުލާ މީޑިއާގައި ވިދާޅުވީ ކަރ...

23 Jun 2021 | 08:18

ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝިއަން މިނިސްޓަރ އައިޝަތު ނަހުލާ ޖޫރި މަނާ ކުރި ކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއް ކަމަށް އެ ކަމަނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އައިޝަތު ނަހުލާ މީޑިއާގައި ވިދާޅުވީ ކަރަންޓީނު އުސޫލާއި ޚިލާފަށް ރެސްޓޯރެންޓެއްގައި އިންނަވަނިކޮށް އެކަމަނާ ޖޫރިމަނާ ކުރިކަމަށް ބުނެ ބައެއް ނޫސްތަކުގައި ފަތުރެމުންދަނީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެކެވެ،

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަމަނާ ޖޫރިމަނާ ނުކުރާ ކަން ސާފުކޮށްދިނުމަށް ފުލުހުންގެ ކިބައިންވެސް އެދިވަޑައިގަންނަވާފައެވެ.

ބައެއް ނޫސްތަކުގައި ނަހުލާ ޖޫރިމަނާ ކުރިކަމަށް ބުނެފައި ވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ އިސް ބޭފުޅަކާއި ހަވާލާދެއްވައެވެ. އެ ނޫސްތަކުގައި ބުނެފައި ވަނީ މިނިސްޓަރ ނަހުލާ ޖޫރިމަނާ ކުރީ މިދިޔަ ހަފުތާ ބަންދުގައި އެކަމަނާ ދުބާއީ އަށް ވަޑައިގަތުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން ކަރަންޓީންނުވެ ބޭރުގައި އުޅުއްވަނިކޮށް ކަމަށެވެ

ނަމަވެސް، މި ފަދަ ކަމެއް ހިނގާފައި ނުވާ ކަމަށް ނަހުލާ ވިދާޅުވެއެވެ.

މި މައްސަލައިގަ ސުވާލު ކުރުމުން ފުލުހުން އަދި ވަކި ޖަވާބެއް ނުދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް