ހިސާން ދަންޖައްސަން ޖެހޭ ކަމަށް ސިޔާމް ވިދާޅުވެފައި ވާތީ މަޖިލީހުން ނަސޭހަތް ދެނީ

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހިސާން ހުސައިން ދަންޖައްސަން ޖެހޭ ކަމަށާއި ހިސާން މަރާލިއަސް ފާފަވެރި ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސި...

23 Jun 2021 | 07:32

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހިސާން ހުސައިން ދަންޖައްސަން ޖެހޭ ކަމަށާއި ހިސާން މަރާލިއަސް ފާފަވެރި ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެފައި ވާތީ ރައްޔިތުންގެ މަޖިލީހުން ލިޔުމުން ނަސޭހަތް ދޭން ނިންމައިފިއެވެ.

މިއަދު މަޖިލީހުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި އީވާ އަބްދުﷲ ވިދާޅުވީ މި މައްސަލަ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ބަލާފައިވާ ކަމަށާއި މެންބަރަށް ލިޔުމުން ނަސޭހަތް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އިވާ ވިދާޅުވީ މަޖިލީހުގެ ކަރާމާތާއި ގަދަރާއި އަބުރު ދެމެހެއްޓޭހެން އަމަލުތައް ބެހެއްޓުމަށްޓަކައި މިފަދަ ކަމެއް ތަކުރާރު ނުކުރެއްވުމަށް މެންބަރު ސިޔާމަށް ނަސޭހަތްތެރިވާ ކަމަށާއި އެ ލިޔުން މެންބަރަށް ފޮނުވާނެ ކަމަށެވެ.

ސިޔާމް ހިސާނަށް ނިސްބަތްކޮށް އެ މޭރުމުން ވާހަކަދެއްކީ ޖޫން މަހުގެ 6 ވަނަ ދުވަހު ކުރިޔަށްދިޔަ 241 ކޮމިޓީގެ ބައްދަލުވުމަށް ފަހުއެވެ.

ކޮމިޓީއަށް މި މައްސަލަ ފޮނުއްވުމާއެކު ކޮމިޓީގެ ބައްދަލުވުމުގައި މިކަމުގައި މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫން ހުށަހެޅުއްވީ ސިޔާމަށް މިފަދަ ކަމެއް އިތުރަށް ތަކުރާރުނުކުރުމަށް އެދި ނަސޭހަތްތެރިވުމަށާއި މާފަށް އެދިވަޑައިގަތުމަށް އެންގުމަށެވެ. މިހުށަހެޅުން ފާސްކޮށްފައިވަނީ ކޮމިޓީގެ އިއްތިފާގުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް