ރަހީނުކޮށް މަރާލި13 އަހަރުގެ ކުޑަ ކުއްޖާގެ މައްސަލައިގަ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
މި މައްސަލަ ހުށަހެޅުއްވީ މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން އެވެ.
ބިލް ހުށަހަޅުއްވަމުން ފިރުޝާން ވިދާޅުވީ މައްސަލަގައި ބޮޑެތި ކަންބޮޑުވުންތަކެއް އެބަ ހުރި ކަމަށެވެ. އޭގެ ތެރޭގައި މަރާލި ކުއްޖާއަކީ ދައުލަތުން އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދެމުން ދިޔަ ކުއްޖަކަށް ވާތީވެ، އެ ކަމުގައި ދައުލަތުގެ އެއްވެސް އިދާރާއެއްގެ އިހުމާލު އޮތްތޯ ބަލަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިފަދަ މައްސަލައެއް ދެވަނަ ފަހަރަށް ތަކުރާރު ނުވުމަށް، ދައުލަތުން ކުރަން ޖެހޭ މަސައްކަތްތަކާ ގުޅޭ ގޮތުން މަޖިލީހުގެ މެންބަރުން މަޝްވަރާ ކުރުމަށް އެދިވަޑައިގެން އެ ކުއްލި މައްސަލަ ހުށަހަޅުއްވަން ނިންމެވިީ ކަމަށް ފިރުޝާން ވިދާޅުވިއެވެ.
މި މައްސަލަ ބަލައިގެންނަން ފާސްކުރީ 44 މެންބަރުންގެ ވޯޓުންނެވެ. މި މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.
މި މައްސަލާގައި އުމުރުން 17 އަހަރުގެ ދިވެހި ފިރިހެނަކާއި އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.
17 އަހަރުގެ ކުއްޖާއަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖެހިއިރު، 27 އަހަރުގެ މީހާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް