ސްޓެލްކޯގެ އަހަރީ ދުވަހުގެ މުނާސަބަތުގައި އެޗްއީއޯސީއަށް ބައެއް ތަކެތި ހަދިޔާކޮށްފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ 24 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، މުވައްޒަފުންގެ ހެޔޮ އެދުންތަކާއެކު އެޗްއީއޯސީގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ބައެއް ތަކެތި ހަދިޔާކޮށްފައިއެވެ. ...

22 Jun 2021 | 22:59

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ 24 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، މުވައްޒަފުންގެ ހެޔޮ އެދުންތަކާއެކު އެޗްއީއޯސީގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ބައެއް ތަކެތި ހަދިޔާކޮށްފައިއެވެ.

މިކަމަށްޓަކައި މިއަދު ބޭއްވި ކުޑަ ހަފްލާއެއްގައި، ސްޓެލްކޯގެ ފަރާތުން އެޗްއީއޯސީއަށް މި ތަކެތި ހަވާލުކޮށްފައި ވަނީ، އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ހަސަން މުޣުނީއެވެ. އަދި އެޗްއީއޯސީގެ ފަރާތުން ތަކެއްޗާ ހަވާލުވެފައި ވަނީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު އާދިލް އެވެ.

ސްޓެލްކޯއިން ބުނެފައި ވަނީ، އެ ކުންފުނީގެ އަހަރީ ދުވަހާ ގުޅުވައިގެން އެޗްއީއޯސީއަށް ތަކެތި ހަދިޔާކޮށްފައި މިވަނީ، ކޮވިޑާ ގުޅިގެން އެޗްއީއޯސީގެ މުވައްޒަމުން ކުރަމުންއަންނަ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ކަމަށެވެ. ނަމަވެސް ހަދިޔާ ކުރި ތަކެތީގެ ތަފްސީލު އެކުންފުނިން ހާމަކޮށްފައެއް ނުވެއެވެ.

" އެފަރާތްތަކުން ވަމުންގެންދާ ގުރުބާނީތައް އަޅުގަނޑުމެން ބަލައިގަންނަނީ ޝުކުރުވެރި ހިތަކާއެކު. ޝުކުރިއްޔާ" ސްޓެލްކޯއިން ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް