އދ. މާމިގިލީ ޕޯޓުގެ އޮޕަރޭޝަން ހުއްޓާލުމަށް ނިންމާފައި ނުވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސްޕޯކްޕާރސަން ދާނިޝް ނިޒާމް ވިދާޅުވެއްޖެއެވެ.
މާމިގިލީ ޕޯޓާއި ގުޅޭ ގޮތުން މީޑިއާތަކުގައި ދައުރުވަމުންދާ ހަބަރުތަކާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން ދާނިޝް ވިދާޅުވީ، މާމިގިލީ ޕޯޓުގެ އޮޕަރޭޝަން ސްކޭލް ޑައުން ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އަދި މާމިގިލީ ޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން އެމްޕީއެލްއަށް ވަޒީފާއަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާފައިވާ ކަމަށާއި، މާމިގިލީ ޕޯޓުގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައި ނުވާނެ ކަމަށެވެ.
" މާމިގިލީ ޕޯޓުގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައި ނުވާވާހަކަ އެންމެ ބޭފުޅުންގެ މައުލޫމާތައްޓަކައި ދަންނަވަން. މި ނިންމުމާއި ގުޅޭ އިތުރު ތަފްސީލް މާދަމާ އަޅުގަނޑުމެން ހިއްސާކުރާނަން" ދާނިޝް ވިދާޅުވިއެވެ.
މާމިގިލީ ޕޯޓް އޮޕަރޭޝަނަށް ގެނެސް، އެ ޕޯޓުގެ ކާގޯ އޮޕަރޭޝަންސްގެ މަސައްކަތް ފަށާފައި ވަނީ2018 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައެވެ. މާމިގިލީ ޕޯޓް ތަރައްޤީކޮށްފައި ވަނީ އިންޓަނޭޝަނަލް ޕޯޓެއްގެ ގޮތުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް